ads
ހޯމް މިނިސްޓަރު އިހްސާން
"ޑްރަގް މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ 314 މީހަކަށް ވަނީ މައާފުދީފައި"
ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައިވާ 314 މީހަކަށް ރައީސް ސޯލިހުގެ ސަރުކާރުގައި މައާފުދީ ދޫކޮށްލާފައިވާކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ހޯމް ލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އޮފީސްތަކާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ އެވަރުގެ ޖަލު ހުކުމެއް އަންނަނީ ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރާ ވަަރަށް ބުރަ މަސައްކަތުން ކަމަށާއި ހާއްސަކޮށް ޑްރަގް މައްސަލަތަކުގައި ކުށް ސާބިތުވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށްގެން ހޯދާ މައުލޫމާތާއި ހެކި ހުށަހަޅައިގެން ކަމަށެވެ.

އިހުސާން ވިދާޅުވީ އުމުރަށް ޖަލަށްލެވެނީ ފުލުހުންނާއި ޕްރޮސިކިއުޓަރުން ކުރާ ވަަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"ކުރީ ސަރުކާރުން ދޫކުރި ކުށްވެރިންގެ ތެރޭގައި މަސްތުވާ ތަކެތީގެ މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ 314 މީހަކަށް ފާއިތުވެ ދިޔަ ފަސް އަހަރުތެރޭގައި މައާފު ދީފައިވޭ،" އިހުސާން ވިދާޅުވި އެވެ.

ކޯޓުގެ މަރުހަލާގައި ވެސް އެތައް ދުވަހެއް ފާއިތުވާފަހުން މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ސާބިތުވެފައި ވަނިކޮށް، ރައީސްއަށް ލިބޭ ބާރުގެ ދަށުން އެ ކުށްވެރިން މިނިވަން ކުރުަމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިގޮތަށް ދޫކުރެވޭ މީހުން މައްސަލަތަކުގައި އަނެއްކާ ފެންނަމުންދާކަން ފާހަގަކުރެވޭ ކަމަށާއި މަސްތުވާތަކެތި ޓްރެފިކް ކުރާ 314 މީހުން އާންމު މުޖުތަމައުތެރެއަށް ދޫވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް