ads
ފްލެޓްތަކެއް
މިލިއަން ރުފިޔާގެ ޖޫރިމަނާކުރެވޭ ރިއަލް އެސްޓޭޓް ބިލް ހުށަހަޅައިފި
ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ. މި ބިލްގެ ފުރަތަމަ ކިޔުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތެވެ. ބިލް މިހާރު މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވެސް އެބައޮތެވެ. 

މި ބިލުގައި، ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓްގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރުމާއި އެ ވިޔަފާރި ހަރުދަނާކޮށް ތަރައްގީ ކުރުމަށް އަދި ހާމަކޮށް ބޮޑު ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މަސައްކަތް ކުރުމެވެ.

ރިއަލް އެސްޓޭޓް ވިޔަފާރިގައި ހަރަކާތްތެރިވާ ފަރާތްތައް މޮނިޓަރ ކުރާނެ ގޮތާއި، ޤާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތްތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މުޅިން އަލަށް ތައާރަފްކުރާ ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަން އިއުލާން ކުރައްވާފައިވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން ގާނޫނާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް