ads
ރައީސް ވިދާޅުވީ ޗައިނާއާއެކު ސޮއިކުރެވުނު އެއްބަސްވުމާއެކު އަސްކަރީ އާލާތްތައްް ހިލޭ ފޯރުކޮށްދޭނެކަމަށް—
ޗައިނާއާއެކު ސޮއިކުރެވުނު އެއްބަސްވުމާއެކު އަސްކަރީ އާލާތްތައްް ހިލޭ ފޯރުކޮށްދޭނެ
ޗައިނާއެކު ސޮއިކުރެވުނު އެއްބަސްވުމާއެކު އެގައުމުން ރާއްޖެއަށް ހިލޭ އަސްކަރީ އާލާތްތައް ފޯރުކޮށްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ދ. މީދޫގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ، އިއްޔެ ޗައިނާއެކު ސޮއިކުރެވުނު އެއްބަސްވުމާއެކު ހިލޭ އެހީގެ ދަށުން އެގައުމުން ދިވެހި ސިފައިން ތަމްރީންކޮށްދޭނެކަމަށެވެ.

އަދި "ނޮން ލީތަލް" އެކި ކަހަލަ އާލާތްތައް ދިވެހި އަސްކަރިއްޔާއަށް އެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މީގެ ސަބަބުން އިރާދަކުރެއްވިޔާމުން ދިފާއި ބާރަށް އިތުރު ތަމްރީންތަކަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ. އެހެންވީމާ މިމަސައްކަތް ވެސް ކުރެވިގެން މިދަނީ އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމައްޓަކައި." ރައީސް ވިދާޅުވިއެވެ.

މި އެއްބަސްވުމުން އަމިއްލަވަންތަކަމާއި މިނިވަންކަން ވަރުގަދަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާ އާއި ގުޅުން ބަދަހި ކުރަމުން އަންނަ އިރު އަވަށްޓެރި އިންޑިއާ އާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް