ads
ރައީސް ޔާމިން ގެޔަށް ބަދަލުކުރުމުގެ ތެރެއިން.
ރައީސް މުއިއްޒު އަޅުގަނޑު މިނިވަންކުރާނެކަމަށް އުއްމީދެއް ނުކުރަން
ރައީސް ޑރ މުހައްމަދު މުއިއްޒު އަޅުގަނޑު މިނިވަންކުރަން މަސައްކަތް ކުރައްވާނެކަމަށް އުއްމީދު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު އުފައްދާ ޕާޓީ ޕީއެންއެފްއިން ރައްޔިތުން މަޖިލީހަށް ވާދަކުރާ މެމްބަރުން ތައާރަފުކުރުމަށް އާއްމުކޮށް ބާއްވަމުން އަންނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ސުވާލާ ޖަވާބުގެ ނަމުގައި ކުރިޔަށް ގެންދާ މި ބައްދަލުވުމުގައި ފޯޑިއަމްއަށް އަރާ ވާހަކަދެއްކުމުގެ ބަދަލުގައި ސުވާލުކުރުމުގެ ނަމުގައި ޔާމީން ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. 

ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންކުރަން ރައީސް މަސައްކަތް ކުރައްވާނެކަމުގެ އުއްމީދު ނުކުރައްވާކަމަށެވެ. އަދި ޕީއެންއެފްގެ ޕޯޑިއަމްގައިވެސް އެމަނިކުފާނުގެ މިނިވަންކުރުމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އެދިވަޑައިގެންފައެވެ. 

"އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ނޭދެން ދެން މި ޕޯޑިއަމްގައި އެއްވެސް ބޭފުޅަކު، ރައީސް ޔާމީން ސަލާމަތް ނުކޮށްދީގެން ރައީސް މުއިއްޒު އަޅުގަނޑު ސަލާމަތް ނުކޮށްދީގެން އެ ވާހަކަ ދައްކާކަށް،" ޔާމީން އެމަނިކުފާނު އުފައްދަވާ ޕާޓީގެ މެމްބަރުންނާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ކުދިކުދި ހައްގުތައްވެސް ހިފަހައްޓާފައިވާކަމަށެވެ. އަދި އެ މަނިކުފާނު ޕީޕީއެމް ދޫކޮށް ނުކުތް ސަބަބު ރައްޔިތުންނަށް ކިޔާދެވޭނީވެސް ހައްގުތައް ނުހިފަހައްޓާ ދޫކޮށްލުމުންކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 

"ލައިވް ޕޯޑިއަމްއެއްގައި އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކަ ދައްކާކަށް ފުރުސަތެއް ނުދޭ. ޓީވީ އިންޓަވިއު ދިނީމާ ދެއްތޯ ދިވެހި ރައްޔިތުންނަށް އެނގޭނީ ޕީޕީއެމް ދޫކޮށްލާފައި ރައީސް ޔާމީން ނިކުތީ ކީއްވެގެންކަން." ޔާމީން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ވެރިކަމާއި ހަވާލުވާ ދުވަހު ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށް ވިދާޅުވެ ކުުރެއްވި ވައުދެވެ. އެހެންނަމަވެސް ރައީސް ޔާމީން މިހާތަނަށްވެސް މިނިވަންވެފައި ނުވާއިރު އެމަނިކުފާނަށް ގެއަށް ބަދަލުކޮށް މިހާރު ދީފައިވާ ލުއިތައް ދިނީ މިދިޔަ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްއެވެ. 

ޑިސެމްބަރު 25، 2022ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވީ ހުކުމުން ސަލާމަތްނުވެ އެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ޖަލު ބަންދަށް ބޮޑެތި ލުއިތަކެއްދީ ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް