ads
ވިޒިޓް މޯލްޑިވްސްއިން އައިޓީބީ ބާލިންގައި -- ފޮޓޯ: އެމްއެމްޕީއާރުސީ
214 މަންދޫބުންނާއެކު އައިޓީބީ ބާލިންގައި ރާއްޖެ ޕްރޮމޯޓުކުރަނީ
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، އައިޓީބީ ބާރލިންގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނީ، އިއްޔެ ފެށި މި އަހަރުގެ ފެއާގައި ވެސް ދުނިޔޭގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ގުޅުން ބަދަހިކޮށް ރާއްޖޭގެ ވަކިވަކި ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަން ޕްރޮމޯޓު ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޓްރެވަލް އޭޖެންޓުންނާ ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ޓްރެވަލް ޕާޓްނަރުންނާ އެކު ބައްދަލުވުންތައް ވެސް ބާއްވާނެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި، ރާއްޖޭގެ އައިޓީބީ ސްޓޭންޑު ހަދާފައިވަނީ 500 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. ދެ ބުރިއަށް ހަދާފައިވާ އެ ސްޓޭންޑުގައި 104 ކޯ އެގްޒިބިޓާ ކައުންޓަރާއި 60 ބީޓުބީ މީޓިން މޭޒު ބަހައްޓާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އައިޓީބީ ބާލިންއަކީ ރާއްޖެ ދުނިޔޭގެ މައިދާނުގައި ދައްކާލުމަށް އަގުހުރި ޕުލެޓްފޯމެކެވެ.

ދުނިޔޭގެ ލީޑިންގް ޓްރެވެލް ޓްރޭޑް ފެއާގެ ގޮތުގައި މަޝްހޫރުވެފައިވާ މި ހަރަކާތަށް 160000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެ އެވެ. އަދި، 90000 އަށްވުރެ ގިނަ އިންޑަސްޓްރީގެ މަންދޫބުންނާއި 3000 ބައިނަލްއަޤުވާމީ މީޑިއާ މަންދޫބުން ބައިވެރިވެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 މާކެޓުގެ ތެރޭގައި ޖަރުމަނު ހިމެނޭތާ އެތައް އަހަރެއް ވެއްޖެއެވެ. މި މަހުގެ ތިންވަނަ ދުވަހާ ހަމައަށް މި އަހަރު އެކަނި ވެސް އެ ގައުމުން 27563 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ގައުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް