ads
ޕީޖީ ފުވައްމުލަކުގައި
ޕީޖީ އޮފީހުގެ އާކައިވް ފުވައްމުލަކަށް
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކާއި މުހިންމު މައުލޫމާތު ހިމެނޭ އެ އޮފީހުގެ ބޮޑު އާކައިވް ފުވައްމުލަކަށް ބަދަލުކޮށް، ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ފުވައްމުލަކުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގައި ގާއިމްކުރި އެ އާކައިވް ހުޅުވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގެވެ. މިއީ ޕީޖީ އޮފީހުގެ އާކައިވް މާލެއިން ބޭރުގައި ގާއިމްކުރި ފުރަތަމަ ފަހަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، އާކައިވް ފުވައްމުލަކަށް ބަދަލު ކުރުމަކީ ޕީޖީ އޮފީހުގެ މަސައްކަތްތައް ލާމަރުކަޒީކޮށް، ހިންގުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. އެ ބަދަލާ އެކު ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުގައި ހުރި ހުރިހާ ކުށުގެ ރެކޯޑްތަކާއި ލިޔުންތައް އާވައިކްކޮށް، ރައްކާތެރިކޮށް ބެލެހެއްޓޭނެ ވަސީލަތްތައް އެތަނުގައި ގާއިމް ކޮށްފައިވެ އެވެ. އާކައިވް ގާއިމް ކުރި ނަމަވެސް އޮންލައިންކޮށް ޕީޖީ އޮފީހަށް އެ މައުލޫމާތުތައް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް