އެއްކޮޅުން މިރޭގެ މެޗުގައި ނުކުންނާނީ ޑިފެންޑިންގ ޗެމްޕިއަން ލ. ގަމެވެ. އަނެއްކޮޅުން ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު ބ. އޭދަފުށްޓެވެ.
މިއީ އޭދަފުށީގެ ދެ ވަނަ ފައިނަލެވެ. އެ ޓީމުން ދެ ވަނަ ފައިނަލް މި ކުޅެނީ ފުރަތަމަ ފައިނަލުން ބަލިވިތާ، ފަސް އަހަރު ފަހުުންނެވެ. ގަމުން ވަނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންްޖްގެ އަތޮޅު ބުރުން ފަށައިގެން، މި މުބާރާތުގައި އެ ޓީމަށް ހޯދޭނެ ހުރިހާ ތަށްޓެއް ހޯދައިފަ އެެވެ.
އޭދަފުށި ފައިނަލަށް ދިޔައީ ފޯރިގަދަ ސެމީގައި ގާފަރުގެ މައްޗަށް ޕެނަލްޓީން ކުރި ހޯދައިގެންނެވެ. ގަމު ފައިނަލަަށް ދިޔައީ ވިލިމާލެ ބަލިކޮށްގެނެވެ.
މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ.