ads
ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި - ފައިލް ފޮޓޯ
އަންނަ ހޯމަދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަން ފަށާނެ
އަންނަ ހޯމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފި އެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އެއިދާރާއިން ވަނީ ހަމަޖައްސަވާފަ އެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް

 ދިރާގް އެޕް/ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
 އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
 މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް
 ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް
 ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް
 ބަނޑޭރި ޕޭ

މިއަހަރުގެ ރޯދަ މަހުގެ ފަހުދިހަގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާތީ މިއަހަރުގެ ރޯދަ މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރިޗް 2024ން 28 މާރިޗް 2024ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30ން މެންދުރުފަހު 1:00ށެވެ. 31 މާރިޗް 2024ން 9 އޭޕްރީލް 2024ށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވަައި ކޮންމެ ދުވަހަކު ހެނދުނު 11:00ން މެންދުރުފަހު 2:00ށެވެ.

މާލެސިޓީ ފިޔަވައި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލްތަކުންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅަނީ އާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުންނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު

 އާދައިގެ ހަނޑޫ- 12 ރުފިޔާ

 ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ

 ރަތް ހަނޑޫ - 80 ރުފިޔާ

 ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ

 ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ

 ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ

 އާދައިގެ ފުށް - 10 ރުފިޔާ

 އާޓާ ފުށް - 75 ރުފިޔާ

ފިތުރު ޒަކާތަކީ ރޯދަ މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދަމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ. މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތި މީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިޠުރު ޒަކާތް ވާޖިބުވެގެންވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް