ads
ދިރާގުން އަންހެނުންގެ ދުވަސް ފާހަގަކުރަނީ --- ފޮޓޯ/ ދިރާގު
ނެޓްވާކިންގެ ހާއްސަ އިންވެންޓަކާއެކު ދިރާގުން އަންހެނުންގެ ދުވަސް ފާހަގަކޮށްފި
މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ނެޓްވޯކިން އިވެންޓެއް ބާއްވައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުންނާއި ރާއްޖޭގެ އެކި ދާއިރާތަކުން ކުރިއަރާފައިވާ އަންހެން ބޭފުޅުންނާ އެކުއެވެ.

ދިރާގުން ބުނީ މި ހާއްސަ ނެޓްވާކިން އިވެންޓް ބޭއްވީ "ލީން އިން ސާކްލް" ނެޓްވާކިން ގްރޫޕް މެތަޑަށް ބިނާކޮށް ކަމަށާއި މިއީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މެންޓާޝިޕް ޕްރޮގްރާމެއް ކަމަށެވެ.

މިއިވެންޓްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރު ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންވަނީ ދިރާގުގެ ޖެންޑަރ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފައެވެ. އެގޮތުން މި ޕްލޭންގެ ދަށުން ދިރާގުން ދާދި ފަހުން ވަނީ "ފެލްކްސި ވަރކް" ޕޮލިސީ އަދި ރިޓާންޝިޕް ގައިޑްލައިން ތައާރަފްކޮށްފަ އެވެ. 

މީގެ އިތުރުން އެކުންފުނީގެ ޖޫނިއަރ މެނޭޖްމެންޓް މަޤާމްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 46 އިންސައްތައަކީ އަންހެނުންނެވެ. އަދި ޖުމްލަ ގޮތެއްގައި ދިރާގުގެ ޓެކްނިކަލް ރޯލްތަކުގައި ކުރިއަށްވުރެ ގިނަ އަންހެން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާއިރު، މިއަހަރުގެ ދިރާގު އެޕްރެންޓިސް ޕްރޮގްރާމްގެ 9 އަންހެން ބައިވެރިންގެ ތެރެއިން 5 ބައިވެރިން ދަނީ ޓެކްނިކަލް ރޯލްތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދަމުންނެވެ.

your imageދިރާގުން އަންހެނުންގެ ދުވަސް ފާހަގަކުރަނީ --- ފޮޓޯ/ ދިރާގު

ދިރާގުން ބުނީ މި އިވެންޓް ނިންމާލީ އަންހެނުން އިސްނަގައިގެން ހިންގާ ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަކޮށްފައިވާ ހެނދުނުގެ ނާސްތާއަކުން ކަމަށެވެ.

އަންހެނުން ބާރުވެރިކޮށް، ޚާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކަށް އެއްބާރުލުންދިނުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިގޮތުން އެ ކުންފުނިން ވަނީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ހިޔަލަ ވީކެންޑް މާކެޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ހުރިހާ ފަރާތްތަކަށްވެސް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް