ads
ގެވެށި އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް----
ގެވެށި އަނިޔާއާ ގުޅޭ އަމުރު ހޯދަން ފަސޭހަ ގޮތެއް
ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް ފަސޭހައިން އެދެވޭނެ އިންތިޒާމް ޕީޖީ އޮފީހުން ހަމަ ޖައްސައިފި އެވެ.

ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދުން ފަސޭހަކޮށްދިނުމުގެ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާކަން ހާމަކުރައްވާ، ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި އެ އޮފީހުގެ ވެބްސައިޓަށް، އެ މީހެއްގެ އީފާސް ލޮގް އިން ބޭނުންކޮށްގެން ލޮގްއިން ވުމުން އެޕްލިކޭޝަންތަކުގެ މެނޫއިން މިހާރު "ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް އޮންނާނެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ޓެބުގައި އެ އަމުރަށް އެދޭ ފޯމުގައި ފުރަން ޖެހޭ އަސާސީ މައުލޫމާތުތައް، ނަމާއި އެޑްރެހާއި އިމެއިލް، އައިޑީކާޑު ނަންބަރު އަދި އީފާސްގައި ހުންނަ އެހެނިހެން މައުލުމާތުތައް ހުންނާނީ އޮޓޮމެޓިކުން ފުރިފަ އެވެ. 

ފޯމު ފޮނުވަން ބޭނުންވާ ކޯޓުގެ ނަން އިހުތިޔާރު ކުރުމުން، އެ ކޯޓެއްގެ ލެޓާ ހެޑުގައިވާ އީމެއިލް އެޑްރެހަށް ފޯމު ފޮނުވުމުގެ ހިދުމަތް ވެސް ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލުން ދޭނެ އެވެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މިކަންތަކުގައި ޕީޖީ އޮފީހުން ކޮށްދޭ ހަމައެކަނި ކަމަކީ، އެ ފޯމު ފުރައިލުމުގެ ކަންތައް ލުއި ފަސޭހަކޮށްދީ، އަދުލު އިންސާފަށް ވާސިލު ވާން ހުރި މަގުތައް ފަސޭހަ ކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް