ads
ޔާމީން އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަރިހުގައި
އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީން ގޮވައިގެން ކޯޓަށް
ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އޭސީސީ އެކު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްއިން ޔާމީނާ ދެކޮޅަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް ޔާމީނާ، އޭސީސީއަށް ރައްދުވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސްއިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ސިވިލް ކޯޓުގައި އެ ފައިސާއާ ގުޅިގެން ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު އެގޮތަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްގަފޫރު އެވެ.

ބޭންކުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި ނިމުނު ހަފްތާގައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާ ދޮވުނު އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އޭސީސީއާ ހަވާލުކުރަން ދެކޮޅު ހެއްދެވުމަށް ފަހު، ފަހުން އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.

ޔާމީންގެ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގަ އެވެ. އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށްގޮސް ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ހަވާލުކުރަން އެދުމުން، އެކަމަށް އެއްބަސްވެ އެސްކްރޯ އެކައުންޓަށް ފައިސާ ލާން ސޮއިކުރީ މާޗް 25، 2018 ގަ އެވެ.

ފަހުން ހާމަވި ގޮތުގައި، ޔާމީން ބީއެމްއެލްގެ އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެމްއައިބީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް