ads
ޔުނައިޓެޑު - އެވަޓަން މެޗުގެ ތެރެއިން
ދެ ޕެނަލްޓީން އެވަޓަން އަތުން ޔުނައިޓެޑު މޮޅުވެއްޖެ
ދެ ޕެނަލްޓީން ޖެހި ދެ ލަނޑާއެކު ލީގުގައި އެވަޓަން އަތުން ޔުނައިޓެޑު މޮޅުވެއްޖެއެވެ.

ޕްރިިމިއަރ ލީގުގައި މިރޭ އެވަޓަން އަތުން މޮޅުވި މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައި ލިބުނު ދެ ޕެނަލްޓީންނެވެ. ފުރަތަމަ ލަނޑު، ބްރޫނޯ ފެނާންޑޭސް ޖެހިއިރު، ދެވަނަ ލަނޑޫ ޖެހީ މާކަސް ރަޝްފޯޑުއެވެ. 

މި މެޗުން މޮޅުވުމާއެކު، އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑު ބަލިވެފައި އޮތުމާއެކު ބަލިވަމުން އައި ސިލްސިލާ ނިމުނީއެވެ. 

މި މެޗުން މޮޅުވުމާއެކު ޔުނައިޓެޑު އޮތީ، 28 މެޗުން 47 ޕޮއިންޓާއެކު، ހަ ވަނައިގައެވެ. އެވަޓަން އޮތީ، 28 މެޗުން 25 ޕޮއިންޓާއެކު 16 ވަނަނައިގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް