ads
އުރީދޫ އިން މިއަދު ބޭއްވި ޖަލްސާ
އުމްރާ ދަތުރެއް ހިމަނާ، އުރީދޫއިން ރޯދަ ކެމްޕޭން ލޯންޗް ކޮށްފި
އުމްރާ ދަތުރެއް ހިމަނާ، ބޮޑެތި އިނާމުތައް ލިބޭ ގޮތަށް އުރީދޫއިން ރޯދަ ކެމްޕޭން ލޯންޗް ކޮށްފި އެވެ.
Advertisement

މިއަދު ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ރޯދަ މަހަކީ މުސްލިމުންނައް އަންނަ ވަރަށް ހާއްސަ މަހެއްކަމަށެވެ. 

ހާލިދު އިތުރަށް ވިދާޅުވި ގޮތުގައި ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނައް އުފާވެރިކަން ހިއްސާ ކުރުމަށް އެކި އެކި ޕްރޮމޯޝަންތައް ކުރިޔަށް ގެންދާކަމަށާއި އެ ގޮތުން މި އަހަރުވެސް ތަފާތު އެކި ޕްރޮމޯޝަންތައް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށެވެ.

"މިފަހަރު ހުންނާނެ ވަރަށް އާދަޔާ ހިލާފަ ޕްރޮމޯޝަންތަކެއް އަދި އެތަށް ބައިވަރު ސަޕްރައިޒްތަކެއް ކަސްޓަމަރުންނައް ހާއްސަ ކޮށް" ހާލިދު ވިދާޅުވި އެވެ.

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މިފަހަރުގެ ރޯދަމަހުގެ ކެމްޕޭނެ އަކީ "އިސްރަށްވެހިންނަކީ ގައުމުގެ ރައުސުލްމާލް" ކަމަށެވެ. 

ނިޔާޒް އިތުރަށް ވިދާޅުވީ ރޯދަމަހަކީ އަބަދުވެސް އެކަކު އަނެކަކަށް އެއްބާރުލުންދީ ވަރަށް އެކުވެރިކަމާއި އެއްބާރުލުން ދޭ ދުވަސްކޮޅެއް ކަމަށެވެ. 

މިއަހަރުވެސް ރޯދަ މަހާއި ދިމާކޮށް ހަދިޔާ ފޮށި ޕްރޮމޯޝަން އިންނާނެ ކަމަށާއި ރޯދަ ހަދިޔާގެ ގޮތުގައި 500 ރުފިޔާއިން މަތީގެ ޑޭޓާ ޕެކް ނަންގަވާ ބޭފުޅުނައް 60 އިންސައްތަ އާ ހަމަ އަށް އިތުރަށް ބޯނަސް ޑާޓާ ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. މިއީ ހަމަ ޕްރީޕެއިޑް އަދި ޕޯސްޕެއިޑް ހާއްސަ ކުރެވިފައިވާ ޕްރޮމޯޝަން އެއްކަމަށް ނިޔާޒް ވިދާޅުވި އެވެ 

"މީގެ އިތުރުން ގިފްޓް އަ ޕެކް ވެސް އިންނާނެ. މިއީ ހަމަ ޕްރީޕެއިޑް އަދި ޕޯސްޕެއިޑް އަށް ވެސް ހާއްސަ ކުރެވިފައިވާ ޕްރޮމޯޝަން އެއް މި ޕްރޮމޯޝަން އިން އެއްކަސްޓަމަރަށް އެހެން ބޭފުޅަކަށް ޑޭޓާ ޕެކް ގިފްޓް ކުރެވޭނެ." ނިޔާޒް ވިދާޅުވި އެވެ.

މި ރޯދަ މަހުގެ ތެރޭގައި ސުޕާނެޓް ނަންގަވާ ބޭފުޅުންނައް ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ކަމަށާއި މި އަހަރު ރޯދަ ކެމްޕޭނަކީ އާންމުންގެ މަގްބޫލުކަން ލިބޭނެ ކެމްޕޭނެކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. 

އުރީދޫން ބުނީ މިއަހަރުގެ ރޯދަ މަހު އަދި މި އަހަރުގެ އެކި ހިސާބުތަކުގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކަންތައްތަކެއް ކުރާނެ ކަމަށާއި އެ ގޮތުން ރޯދަ މަހުގެ ތެރޭގައި އެކި ރަށް ރަށުގައި އުރީދުއާއި އެކި ރަށް ރަށުގެ ބޭފުޅުން ގުޅިގެން ކޮމިއުނިޓީ ރޯދަ ވީއްލުން ކުރިޔަށް ގެންދިއުމުގެ އިތުރުން އިސްރަށްވެހިންނައް ހާއްސަ ކޮށްގެން ތަފާތު ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދާނެ ކަމަށެވެ. 

މިފަހަރުގެ ރޯދަ މަސްތެރޭގައި އެކި ޕްރޮމޯޝަން ކުރިޔަށްގެން ހުރިކަމަށް ފާހަގަ ކުރަމުން އުރީދޫއިން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ދެއްކުން ވަރަށް ފަސޭހައިން އެމްފައިސާ އަދި މެސެޖުމެދުވެރިކޮށްވެސް ކުރެވޭނެކަމަށެވެ. 

މީގެ އިތުރުން ނަމާދު އެލާޓް، މިސްކިތްތަކަށް އެމްފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ޑޮނޭޓް ކުރެވޭނެ އިންތިޒާމްވެސް ހަމަ ޖެހިގެން ދާނެ ކަމަށާއި މިފަހަރު އަތޮޅުން ދުވުން ގޭމް އަދި ޝޯސަލް މީޑިޔާ ކުރިޔަށް ދާ ރޯދަ ކުއިޒް އިން އެއްވަނަ އަށް ދާ ފަރާތަށް ދެ ބޭފުޅުންގެ "އުމްރާ ދަތުރެއް" ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕެކޭޖް ތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް