ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
އަލީ މިދުހަތު
10 މާރޗް 2024 - 18:24:31
ގދ. ތިނަދޫ ގައި އެކްސިޑެންޓް ހިނގާ ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
ތިނަދޫގައި މިއަދު އެކްސިޑެންޓެއް ހިނގީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. އެކްސިޑެންޓު ހިނގީ މިއަދު 3:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ ދެ މީހުންނަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައީ މާލޭ ސަރަހައްދުގަ އެެވެ.
ފުލުހުން އާންމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތިންވަނަ ކުއާޓަރުގައި އެކަނި ވެސް 1116 އެކްސިޑެންޓު ރިޕޯޓުކުރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް