މާފަންނު މެދު ދާއިރާގެ މިނިވަން ކެންޑިޑޭޓް އާމިނަތު ހަސަން (އައިންތު މިސް)ގެ ބިލް ބޯޑުތައް ރަސްފަންނުން ނެގީ ބޮޑެތި ޕާޓީތަކުން އަންހެނުން ސިޔާސީ ކަންކަމުން ބާކީކުރަން ބާކީ ކުރުމަށް ކުރަމުން ގެންދާ ހީލަތްތެރި ހަރަކާތްތަކަށް އިތުރުވީ ބޮޅެއް ކަމަށް އާމިނަތު ހަސަންގެ ކެމްޕޭނު ޓީމުން ބުނެފިއެވެ.
Advertisement
އައިންތު މިސްގެ ކެމްޕޭނު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްފަންނުގައި ބަހައްޓާފައި ހުރި މެނިފެސްޓޯ ބިލްބޯޑު މި އޮފީހަށް އެންގުމަކާ ނުލާ ގެއްލުންދީ ނައްތާލާފައިވާކަމަށެވެ.
"މާލޭ ސިޓީ ކައުންސިލުން އާމިނަތު ހަސަންގެ އިންތިހާބީ ހައްގަށް ހުރަސްއެޅުމަކީ މި އޮފީހުން ނުހަނު ކަންބޮޑުވާ ކަމެއް. ރައްޔިތުންނަށް މެނިފެސްޓޯ ހާމަކުރުމުގެ ސަބަބުން އާމިނަތު ހަސަންގެ ތާއީދު އިންތިހާއަށް އިތުރުވެފައިވާކަން މި އޮފީހުން ފާހަގަކުރަން. މިކަމާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓުން ދަނީ މެނިފެސްޓޯ ހާމަކުރުމަށް ޖަހާފައިވާ ބޯޑުތައް ނެގުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުން. ކަން މިހެން އޮތްއިރު މި އޮފީހުން ދެކެނީ ސިޓީ ކައުންސިލްގެ ޢަމަލުތަކަކީ ބޮޑެތި ޕާޓީތަކުން އަންހެނުން ސިޔާސީ ކަންކަމުން ބާކީ ކުރުމަށް ކުރަމުން ގެންދާ ހީލަތްތެރި ހަރަކާތްތަކަށް އިތުރުވީ ބޮޅެއް ކަމުގަ،" އެ އޮފީހުން އާދިއްތަ ދުވަގު ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ބިލްބޯޑުތައް ޖެހުމުގެ ހުއްދައަށް އެ އޮފީހުން އެދިފައިވާނީ މިދިޔަ ފެބުރުއަރީ މަހުގެ އަށާރަ ވަނަ ދުވަހުކަމަށް އެ އޮފީހުން ބުނެއެވެ. ބިލްބޯޑު ޖެހުމުގެ އިއުތިރާޒެއް ނެތްކަމުގައި ސިޓީ ކައުންސިލްގެ ފަރާތުން ފޯނުގެ ޒަރީއާއިން އެންގިކަމަށް ވެސް އެ އޮފީހުން ބުނެފިއިވެއެވެ. އަދި މާލޭގައި ބިލްބޯޑު ހަރުކުރުމުގައި ޢަމަލުކުރާ އުސޫލު ހިއްސާކޮށްދިނުމަށް އެދި 28 ފެބުރުއަރީ ގައިވެސް އެފީހުން އެދިފައިވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ އޮފީހުން ފޮނުވި އެއްވެސް ސިޓީއަކަށް ސިޓީކައުންސިލުން ޖަވާބުދީފައެއް ނުވެއެވެ.
"އާދިއްޔަ ދުވަހުގެ ހެނދުނު 10:15ގައި ބިލްބޯޑުތައް ހުރީ ޕޭވްމަންޓަށް ގެއްލުންދީގެން ހަރުކޮށްފައިކަމަށް ބުނެ ތަކެތި ނެގުމަށް ތިން ފޮޅުވަތުގެ ކުރު އީމެއިލެއް ސިޓީ ކައުންސިލުން ފޮނުވި. އީމެއިލްގައި ބަޔާންކޮށްފައިހުރި ވާހަކަތަކަކީ ހަޤީޤަތާ ހިލާފު ވާހަކަތަކެއްކަމުގައިވާތީ، ކަމުގެ ޙަޤީޤަތް ބަޔާންކޮށް އީމެއިލްއަށް ޖަވާބު ތައްޔާރުކުރަމުންދަނިކޮށް އާންމުންގެ ފަރާތުން މަޢުލޫމާތު ލިބުނީ ސިޓީ ކައުންސިލްގެ ފަރާތުން ބިލްބޯޑަށް ގެއްލުންދީ އެތަކެތި ނައްތާލާމުންދާ ކަމަށް،" ކަމަށް ބަޔާނުގައި ބުނެފިވޭ.
އައިންތު މިސްގެ އިދިކޮޅު ކެންޑިޑޭޓުން ދަނީ މެނިފެސްޓޯ ހާމަކުރުމަށް ޖަހާފައިވާ ބޯޑުތައް ނެގުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންކަމަށް އައިންތު މިސްގެ ކެމްޕޭނު އޮފީހުން ބުނެއެވެ.
"މިއީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުންނަށް ފުރުސަތު ނުދިނުމުގެ އިތުރަށް ސިޔާސީ ކަންކަމަށް ކުރިމަތިލާ މިނިވަން އަންހެން ކެންޑިޑޭޓުންނަށް ހުރަސް އެޅުމުގެ އަމަލެއް. ސިޔާސީ ފަރާތްތަކުން އަންހެނުން ބޭނުންކުރަނީ މާޗު 8 ގައި ފޮޓޯ ނަގަން ބޭނުންކުރާ ޕްރޮޕް ތަކެއްގެ ގޮތުގައި. އަދި މިއަދު ސިޓީ ކައުންސިލްގެ އަމަލުތަކުން ސާބިތުވާ އަނެއްކަމަކީ ފިރިހެން ކެންޑިޑޭޓުންނާއި އަންހެން ކެންޑިޑޭޓުންގެ މެދުގައި ތަފާތުކުރުން އިންތިހާއަށް އޮތްކަމެއް،"
އައިންތު މިސްގެ ކެމްޕޭނު އޮފީހުން ވަނީ ކެންޑިޑޭޓްގެ އިންތިހާބީ ހައްގުތައް ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނަށާއި ސިޓީ ކައުންސިލަށް އިލްތިމާސްކޮށްފައެވެ.
އޭނާގެ އިންތިހާބީ ހައްގަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ގައިރު ގާނޫނީ އަމަލުތަކާ ގުޅިގެން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން މި މައްސަލައިގައި ބުނެފައިވަނީ ޕޭމަންޓުތަކަށް ގެއްލުން ދޭގޮތައް ހުރި ބިލް ބޯޑުތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރާކަމަށެވެ. ނަމަވެސް އައިންތު މިސްގެ ކެމްޕޭނު ޓީމުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ރަސްފަންނަނުގައި ހަރުކޮށްފައި ހުރި ބިލް ބޯޑު ޕޭމަންޓަށްވުރެ ދުރުގައި ޕޭމަންޓަށް ގެއްލުން ނުވާގޮތަށް ހަރުކޮށްފައި ހުރި މަންޒަރެވެ.
އައިންތު މިސްގެ ބިލްބޯޑު ރަސްފަންނުގައި ހަރުކޮށްފައި ހުރީ ޕޭމަންޓަށް ގެއްލުން ނުވާގޮތަށްކަމަށް ކެމްޕޭނު ޓީމުން ބުނޭ