ads
މާލޭގެ މަގުތަކުން ކުނި ނަގަނީ
މާލޭ މަގުމަތިން އިއްޔެ އެކަނި 60 ޓަނުގެ ކުނި
އިއްޔެ އެކަނިވެސް މާލޭގެ މަގުމަތިން 59.6 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޯދަމަހާއި ދިމާކޮށް މާލޭގެ މަގުތަކަށް ކުނިތައް ނެރެ އެކި ތަންތަނަށް ޖަމާކޮށްފައި ބައެއް ފަރާތްތަކުން ބެހެއްޓިއެވެ. އެއާއި އެކު އެތައް ބަޔަކުވަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިިދދިޔަ 15 ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 200 ޓަނުގެ ކުނި ނަގާފައިވާކަމަށެވެ.  

" މިއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނި. އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް." މޭޔަރު އާޒިމް ވިދާޅުވިއެވެ.

މާލެޭގެ މަގުތަކުގައި މުނި ގިނަވެގެން މަގުތައް ސާފުކުރުމަށް ސިފައިންނާއި ސްކައުޓުންނާއި ވެމްކޯގެ މުވައްޒަފުންވެސް ވަނީ ނުކުމެފައެވެ. 

your imageމާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް 

ވެމްކޯ އިން ބުނީ ރޯދަ މަހާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރުވެ ކުނިތައް އުކާލުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދާ ދިނުމަށް ރެއިން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ވެމްކޯގެ ޓްރާސްފާ ސްޓޭޝަންތަކަށް އާންމު ރައްޔިތުން ގެންނަ ބޮޑެތި ކުނި އަދި ގެ ސާފު ކުރުމުގައި އުފައްދާ ކުނި ހިލޭ އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ފުރުސަތު މާޗް މަހުގެ 13 ވަނަ ދުވަހުގެ 11:59 އާ ހަމައަށް އޮންނާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ. މި މުއްދަތުގައި އާންމު ރައްޔިތުންގެ ކުނި ގެންނަ ވެހިކަލްތަކުން އެންޓްރީ ފީ އަދި ޑިސްޕޯސަލް ޗާޖެއް ވެސް ނުނަގާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް