ads
ބައިނަކް އަގުވާމީ ޕީސް ކޭބަލް ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން—
އުރީދޫގެ ޕީސް ކޭބަލްގެ ހިދުމަތް މިއަހަރުގެ މެދުތެރޭ ލިބޭނެ
އުރީދޫ މޯލްޑިވްސްގެ ބައިނަލްއަގްވާމީ "ޕީސް ކޭބަލް"ގެ ހިދުމަތް މިއަހަރުގެ މެދުތެރޭގައި އާއްމުންނަށް ލިބެން ފަށާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
Advertisement

ލޯކަލް ގަވަމަންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ޕީސް ކޭބަލް މަޝްރޫއުގެ ދަށުން އަޅަންޖެހޭ ކޭބަލްތައް މިހާރު އަޅައި ނިމިފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ކޭބަލްތަކުގެ ކޮންފިގަރޭޝަން މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، މި އަހަރު މެދުތެރޭގައި އެ ކޭބަލްގެ ހިދުމަތް އާއްމުންނަށް ލިބެން ފަށާނެ ކަމަށް ބެލެވޭ ކަމުގަ އެވެ.

މީގެއިތުރުން ޕީސް ކޭބަލަކީ ދުނިޔޭގެ މުއާސަލާތީ ހިދުމަތްތަކުގެ މައި ވިއުގަތަކާއި ތިންވަނަ ގައުމެއް މެދުވެރިނުކޮށް ސީދާ ގުޅުވާލެވޭ ކޭބަލެއް ކަމަށާއި، އެ ކޭބަލްގެ ސަބަބުން އިންޓަނެޓް އަދި މުއާސަލާތީ ހިދުމަތުގެ ފެންވަރަށާއި ލޭޓެންސީ އަދި އަގުތަކަށްވެސް ހެޔޮ ބަދަލުތަކެއް އައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.

އުރީދޫން މި މަޝްރޫއު ހިންގަނީ ވާވޭ މެރިން އާއި ޓްރޮޕިކް ސައިންސް ކޮމްޕެނީ ލިމިޓެޑާއި އާއި ޗާއިނާ-އާސިއާން އިންފޮމޭޝަން ހާބަރު ލިމިޓެޑާއި ޗައިނާ ކޮންސްޓްރަކްޝަން ބޭންކް އަދި ވާވޭ މެރިން ނެޓްވޯކްސް ގުޅިގެންނެވެ.

ސިންގަޕޫރާއި ޔޫރަޕްގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ރާއްޖެ ގުޅާލެވޭނެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2017 ވަނަ އަހަރު އެވެ.

އުރީދޫއިން ޕީސް ކޭބަލްއަށް އިންވެސްޓުކުރަން ނިންމީ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަލުއިކުރުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް