
ވީޑިއޯއިން ފެންނަނީ މީރާ ކާރުން ފައިބައިގެން އޭނާގެ އެޕާޓުމަންޓަށް ވަންނަ ދާއިރު، ދެ ކުޑަކުއްޖަކު އަޅާނުލައި މީރާ ހިނގާފައި ދާ މަންޒަރެވެ. އެ ދެކުދިން ދިޔައީ އެހީއަކަށް އެދި މީރާ ކައިރީގައި އަދޭސް ކުރަުންނެވެ.
ނަމަވެސް އެއްވެސް ފަރުވާލެއް ނެތި މީރާ ދިއީ އެކުދިންނާ ދިމާލަށް ބަލައިވެސް ނުލައި އަވަހަށް ގެއަށް ވަދެވޭތޯ ހިނގާފައެވެ. އެންމެފަހުން އެކުދިން މީރާ ގައިގައި އަތްލާން ފެށުމުން އޭނާގެ ބޮޑީގާޑު ވަނީ އެ ކުދިން ދުރުކޮށްފައެވެ.
މި ވޯޑިއޯ އާންމުވުމާއެކު ގިނަބައެއްގެ ފާޑުކިއުން މީރާއަށް އަމާޒުވިއެވެ. ނަމަވެސް މީރާގެ ފޭނުން ވަނީ އެނާގެ ދިފާއުގައި ނުކުމެފައެވެ.
އަނެއްބައި މީހުން ބުނަނީ އެކުދިންނަށް މީރާ އެހީނުވީ ޕަޕަރާޒީން ވީޑިއޯކުރަމުން އަންނާތީ ކަން ދެއްކެން ބޭނުންނުވާތީކަމަށެވެ. އަދި މީރާގެ ބޮޑީގާޑު ކައިރީގައި ހުއްޓައި އެގޮތަށް އޭނާއާއި ކުދިން ކައިވާން ފުރުސަތު ދީގެން ނުވާނެކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.