އިންޑިއާގެ ވިކެޓް ކީޕަރު ޕަންޓް އަލުން އެނބުރި ކުޅުމުގެ ތެރެއަށް މި އަންނަނީ ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަހުއެވެ. އުމުރުން 26 އަހަރުގެ ޕަންޓް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ސީރިއަސް ކާރު އެކްސިޑެންޓެއްގައި އަނިޔާވި ފަހުން ކުޅެފައެއް ނުވެ އެވެ. އެކަމަކު، މާޗް މަހުގެ 22 ވަނަ ދުވަހު ފަށާ އައިޕީއެލް ސީޒަނުގައި ޕަންޓް ދިއްލީ ކެޕިޓަލްސް އަށް ކުޅޭނެކަން ވަނީ ކަށަވަރުވެފަ އެވެ.
ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން އެކްސްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 14 މަސް ދުވަހުގެ ރިހެބް އެންޑް ރިކަވަރީ ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ފަހު، ޕަންޓް މިހާރު ވަނީ ކުރިއަށް އޮތް ޓާޓާ އައިޕީއެލް 2024 އަށް ވިކެޓް ކީޕަރަކަށް ފިޓްވެފައެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު ޕަންޓް ވަނީ އިންޑިއާ އަށް 33 ޓެސްޓާއި އެއް ދުވަހުގެ އިންޓަނޭޝަނަލް 30 މެޗު އަދި ޓީ20 66 މެޗް ކުޅެފަ އެވެ.