ads
ގުރައިދޫ ހާއްސަ އެހީއަށްބޭނުންވާ މީހުންގެ މަރުކަޒު
ބީއެމްއެލްގެ އެހީއާއެކު ގުރައިދޫ މަރުކަޒު އަޕްގްރޭޑުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަޕްގްރޭޑް ކޮށްފި އެވެ.
Advertisement

އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ބަދިގެއެއް ހަދައި އެ ބަދިގެއަށް ބޭނުންވާ އާލާތްތަކެއް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ވެސް ބީއެމްއެލްގެ އެހީގައި ވަނީ ހަދާފަ އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ތެރެއިން އެ މަރުކަޒުގައި މަސައްކަތްކުރާ ދެ ޖިންސުގެ މުވައްޒަފުން ބޭނުންކުރުމަށް ލޮކަރުތަކާއި ފާހަނާ އާއި ޓީ ރޫމެއް ވެސް ވަނީ ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުން ބޭނުންކުރުމަށް ލައިބްރަރީ ކޯނަރެއް ވެސް ވަނީ ހަދާފަ އެވެ.

ގުރައިދޫ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މި ޕްރޮޖެކްޓްގެ ތެރެއިން ވޯޑުތަކަށް އެނދާއި ގޮދަޑި އަދި ސޯފާގެ އިތުރުން ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ބީއެމްއެލްއިން ވަނީ ހަދިޔާކޮށްފަ އެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް