ads
ހުޅުމާލޭ ފޭސްޓޫ ހިޔާ ފްލެޓް
މިދިޔަ އަހަރު އޭސީސީއަށް އެންމެ ގިނައިން ލިބުނީ ގެދޮރުވެރިޔާ މަޝްރޫގެ މައްސަލަ
ރިޔާސީ އިންތިހާބު އަދި ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން، ނިމިދިޔަ 2023 ވަނަ އަހަރު ގިނަ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓްގައި ފާހަގަ ކޮށްފި އެވެ.
Advertisement

އޭސީސީ ނެރުން އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނަށް ޖުމްލަ 1151 ޝަކުވާ ހުށަހަޅާފައިވެ އެވެ.

ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް 619 މައްސަލައެއް ހުށަހަޅާފައިވާއިރު، އީމެއިލްގެ ޒަރީއާއިން 258 އަދި ސިޓީ މެދުވެރިކޮށް 165 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި ޝަކުވާ ތަކުގެ ތެރޭގައި އެންމެ ގިނައީ ކާކުކަން ނޭންގޭ ގޮތަށް ހުށަހަޅާފައިވާ ޝަކުވާ ތައްކަމަސް އެ އިދާރާއިން ބުނެ އެވެ.

އެ ރިޕޯޓުން ހާމަ ވާގޮތުގައި އެހެން އަހަރުތަކާ އަޅައިބަލާއިރު، މިދިޔަ އަހަރު ހުށަހެޅުނު ޝަކުވާ އިތުރުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅިގެންނެވެ.

ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަށް  މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮމިޝަންގެ މެންޑޭޓަށް ފެތޭނަމަކަމަށާއި  ގޯތިގެދޮރާ ގުޅުންހުރި 216 މައްސަލައެއް މިދިޔަ އަހަރު އޭސީސީން ރަޖިސްޓަރުކުރިފައި ވާކަމަށް އެ އިދާރާއިން ބުނެ އެވެ. 

"ޕްރޮކިއުމަންޓާ ގުޅޭ 115 މައްސަލަ ރަޖިސްޓަރުކޮށްފައިވާއިރު، ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުން ކުރުމާ ގުޅުން ހުރި 112 މައްސަލައެއް ރަޖިސްޓަރުކޮށްފައިވޭ" އެ އިދާރާއިން ބުނެ އެވެ

ރަޖިސްޓްރީކުރުމަށް ކޮމިޝަނުން ނިންމާ މައްސަލައެއް ހުށަހެޅި ފަރާތް އެނގޭނަމަ މައްސަލަ ރަޖިސްޓްރީ ކުރިމަކުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭނެއެވެ.

ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ މަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ.

ނަމަވެސް އޭސީސީން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

އޭސީސީން ބުނެފައިވަނީ 2023 ވަނަ އަހަރު ހުށަހެޅި 1151 ޝަކުވާގެ ތެރެއިން ރަޖިސްޓްރީ ކުރެވުނީ ޖުމުލަ 742 ޝަކުވާއެއް ކަމަށެވެ. އޭގެތެރެއިން 610 މައްސަލައަކީ އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލަ ކަމަށާއި 40 މައްސަލައަކީ ދައުލަތުގެ އެކި އިދާރާތަކުން ހުށަހެޅި މައްސަލަ ކަމަށެވެ. އަދި ކޮމިޝަންގެ އިސްނެގުމަށް 16 މައްސަލައެއްވެސް ބަލާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް