ads
ރާއްޖޭގެ ބޮޑީ ބިލްޑަރު ރަން މެޑެއްޔާއެކު
ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި
ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް މި އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނިގޮތުގައި މި ފަހަރުގެ މުބާރާތް ތާވަލުކޮށްފައިވަނީ، ޖޫން 6-10 އަށެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނޭހެން ހަ ގައުމަކުން އެތުލީޓުން ވާދަކުރި އެވެ. އެއީ، އިންޑިއާ، ނެޕާލް، ޕާކިސްތާން، އިންޑިއާ، އަފްގާނިސްތާން އަދި ރާއްޖެ އެވެ.

މިދިޔަ އަހަރު އޮތް މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ ހަތަރު ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް އަދި ބްރޯންޒް މެޑެއްޔެއް ހޯދައިފައިވެ އެވެ. އޭގެ ތެރޭގައި މުހައްމަދު މޫސާ (މޯޑް) އާއި އަޒްނީން ރަޝާދު ހޯދި ރަން މެޑަލް ހިމެނެއެވެ.

ރާއްޖޭގައި ސައުތު އޭޝިއަން މުބާރާތް ހޯސްޓް ކުރަން ތައްޔާރުވަމުން އަންނައިރު، އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި 2022 ވަނަ އަހަރު ބާއްވައިފައިވެއެވެ. އެ ފަހަރު މުބާރާތް ހޯސްޓްކުރީ، މާފުށީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް