ads
މަސްވެރިންނާއި ދަތުރުވެރިންނަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ އެޕް "ރަސްއައިން "
މަސްވެރިންނާއި ދަތުރުވެރިންނަށް މުހިއްމު އެފް "ރަސްއައިން"
މަސްވެރިންނާއި ކަނޑު ދަތުރުކުރާ މީހުންނަށް މުހިއްމު މައުލޫމާތަކެއް ހިމެނޭ އެފް " ރަސްއައިން" ތައާރަފުކޮށްފިއެވެ. މަސްވެރިންނާއި ދަތުރުވެރިންނަށް މުހިއްމު "ރަސްއައިން"

މި އެފް ތައާރަފުކުރީ ދިވެހި ދިފާއީ ބާރުގެ ވައިގެ ފޯސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްރާ ޑރ. މުހައްމަދު މުއިއްޒުއެވެ. 

އެންޑްރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން އުފައްދާފައިވާ މި އެފް ވެގެންދާނީ ދިވެހި ކަނޑުފަޅުތަކުން ނަފާ ހޯދާ މަސްވެރިންނާއި ކަނޑު ދަތުރުކުރާ މީހުންނާއި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންނަށް މުހިއްމު އެޕަކަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

"ރަސްއައިން" މި އެޕްގެ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންދާ އެމްއެންޑީއެފްގެ ޓިމާއި ދަތުރުވެރިންނާއި މަސްވެރިން ފަސޭހައިން ގުޅުވާލަ ދިނުމެވެ. މި އެފްގައި ހިމެނޭ މުހިއްމު ބަޔަކީ ބްރޯޑްކާސްޓް ޓެބެވެ. ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތްތަކުގައި ފޮނުވާ ޑިސްޓްރެސް، ކޯސްޓްގާޑުގެ ޕުޝް މެސެޖުތައް ވެސް މި އެޕްލިކޭޝަނުން ބަލާލެވޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

your image"ރައިސް އައިން" އެޕް ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވަނީ 

މި އެޕް މެދުވެރިކޮށް މަސްވެރިންނަށް ރާއްޖޭގައި މަސްކަނދުފަތިތައް އަޅަފައިވާ ހުންނަ ސަރަހައްދުތައް ފަސޭހަކަމާއި އެކު ބަލާލެވޭނެއެވެ. އަދި ދުވަހުގެ ދިޔަވާރާއި އޮއިވަރާއި ގުޅޭ މައުލޫމާތުވެސް މި އެޕުން ލިބެން ހުންނާނެއެވެ. މީގެއިތުރުން ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ދުވަހުގެ މޫސުމާއި ގުޅިގެން ނެރޭ އިންޒާރުތައްވެސް މި އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

މި އެފް މެދުވެރިިކޮށް މަސްވެރިންނަށް މަސް އައިން ބަލާލަން ފަސޭހަވާއިރު ޑައިވިން ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި އެޕް މެދުވެރިކޮށް ރާއްޖޭގެ ޑައިވް ސައިޓްތައްވެސް ބަލާލެވޭނެއެވެ. އަދި އެ އެޕްގެ ސަބަބުން މިކަންކަމަށް މީގެކުރިން މަސްވެރިންނާއި ވިޔަފާރުވެރިން ކުރަމުން ގެންދިޔަ ހަރަދުތައް ކުޑަވެގެންދާނެކަމަށްވެސް ސަރުކާރުން  ދެކެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް