ads
ނޫރު މިސްކިތް
މާލޭ މިސްކިތްތައް؛ "ނޫރު" ދިވެހިންނަށް ދިން ހަދިޔާއެއް
މާލޭގައި ހުރި މިސްކިތަކުން އެންމެ ހިތްގައިމު އެއް މިސްކިތަކީ ޔަގީނުންވެސް ހެންވޭރު ކޮޅުގައި ހުންނަ "ނޫރު" މިސްކިތެވެ.
Advertisement

އެތައް ބަޔަކު ނަމާދަށް އަރާ މި މިސްކިތަކީ ވަރަށް އަރާމު އެހާމެ ހިތްހަމަޖެހޭ މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައިވާ ގޮތާއި މިސްކިތުގައި އިމާމުގެ ހިތްގައިމު ކިޔެވުމަކީ މި މިސްކިތައް އެތައް ބަޔަކު އަރާ ސަބަބުވެސް މެއެވެ. 

ހެންވޭރޫ ފިލިގަސްމަގާއި ރޯޝަނީމަގު ބައްދަލުވި އިރުއުތުރު ކަންމަތީ ހުންނަ މި މިސްކިތަކީ ގަދަގޭ މުހައްމަދު ފުޅު އޭނާގެ އަމިއްލަ ހަރަދުގައި ހައްދަވާ ސަރުކާރާއި ހަވާލުކުރި މިސްކިތެކެވެ. މިސްކިތް އެޅުމުގެ ހުއްދަ ސަރުކާރުން މުހައްމަދު ފުޅަށް ދެއްވީ 13 ޖެނުއަރީ 1979 ގައެވެ. މިސްކިތުގެ ބިންގާ 9 ފެބުރުވަރީ 1979ގައި އަޅުއްވާދެއްވީ އޭރު ރައީސްކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްއެވެ. 

your imageނޫރު މިސްކިތް 

މިސްކިތް އިމާރާތްކޮށް އޭގެ އަހަރެއްހާ ދުވަސްފަހުން ނިންމާ ސަރުކާރާއި ހަވާލުކުރިއެވެ. މި މިސްކިތް ސަރުކާރާއި ހަވާލުކުރުމުން ރަސްމީކޮށް މިސްކިތް ހުޅުވާފައިވަނީ ޖެހިގެން އައި 1980 ވަނަ އަހަރުގެ މާރިޗު 6 ވަނަދުވަހު އެވެ. މިސްކިތް ހުުޅުވާ ދެއްވާ އެދުވަހުގެ މެންދުރު ނަމާދު އިމާމުވެ ކޮށްދެއްވީވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ. 

your imageނޫރު މިސްކިތް

ދެ ބުރިއަށް އިމާރާތްކޮށްފައި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރަން ހާއްސަ ބައެއް އުފައްދާ އެތަނުގައި އަންހެނުން ނަމާދުކުރަން ސަރުކާރުން ހުއްދަދެއްވީ މިސްކިތް ހުޅުވިތާ ތިން ދުވަސްފަހުންނެވެ. 

މިހާރު މާލޭގައި ފެންނަ ހުރި ރީތި މިސްކިތްކަުގެ ތެރޭގައި ހިމެނޭ "ނޫރު" މިސްކިތަކީ މާލޭގައި ފުރަތަމަ އޭސީ ކުރި މިސްކިތްތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ މިސްކިތެކެވެ. މިސްކިތް ފޮޅާ ސާފުކޮށް ކޮންމެ ދުވަހަކުވެސް ބަލަހައްޓަމުން އަންނަ މި މިސްކިތުގައި އެ މަސައްކަތް އަދިވެސް ކުރަމުން އަންނަނީ މިސްކިތް ބިނާކުރެއްވި ފަރާތުންނެވެ. 

your imageނޫރު މިސްކިތް 

"ނޫރު" މިސްކިތުގެ އިމާމަކީވެސް ފާހަގަކޮށްލެވޭ އިމާމެކެވެ. ގުރާއަން ހިތުދަސް މަދު އިމާމުންގެ ތެރޭގައި ނޫރު މިސްކިތުގެ އިމާމް މަސްއޫދުގެ ފާހަގަކޮށްލެވެ. އެ މިސްކިތުގައި އޭނާ އިމާވެ ނަމާދުކުރައްވާތާ މިހާރު 20 އަހަރުވަނީ ވެފައެވެ. ގިނަ ބަޔަކު އެ މިސްކިތައް ދާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އިމާމް މަސްއޫދުގެ ހިތްގައިމު ކިޔެވުން ގިނަ ބަޔަކު ފާހަގަކުރެއެވެ. 

ރަމަޝާން މަހުގެ ރޭތައް ގުނަމުންދާއިރު ތަރާވީސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވާން މީ ހަމަ އެންމެ ރަނގަޅު އެއް މިސްކިތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް