ads
މާލޭގެ އިހުގެ މަންޒަރެއް.
އިހުގައި ދުއް "ވަކަރުގޭ ކުއްޖަކަށް" ޓެގުކޮށްލަމާ..!
މިވާހަކަތައް މިހާރުގެ ޒުވާނުންނަށް ނޭނގިދާނެ އެވެ. އެހެންނަމަވެސް 90ގެ ތެރޭގައި ބޮޑެތި ކުދިންނަށް އެނގޭނެކަން ޔަގީންނެވެ.

އޭރު ބަސްނާހާ ތަންކޮޅެއް ސިޔާސަކޮށް އުޅޭ ކުދިންނާއި ދިމާލަށް ބުނެ އުޅޭ އެންމެ އާއްމު ބަހަކީ "ތީ ވަކަރުގޭ ކުއްޖެއް" މިހެންނެވެ. އެއީ އޭނާގެ ގޯސްކަމާާއި ވިޔާނުދާކަމުން ބުނެ ނަންދެވޭ ގޮތެކެވެ. 

ވަކަރުގެ ހަމަ އަސްލުވެސް ވަކަރުން ހުރިގެއް

ބުނެވޭ ގޮތުން ވަކަރުގެއަކީ ސުމުވުލް އަމީރު އަބްދުﷲ މަޖީދު ރަންނަ ބަނޑޭރި ކިލޭގެފާނު އެޅުއްވި ގެއެކެވެ. މި ގެ ހުންނަނަކަމަށްވަނީ ހެންވޭރު އަތިރީގައެވެ. ގެ ހުންނަނީ ފުރާޅާއި ބިއްތައް ދަނޑިފަނުން ހަދާފަ އެވެ. އޭރު މާލޭގައި ތިބި ބެލެނިވެރިން ނެތް ފަޤީރު ޔަތީމު މިސްކީނު ކުދިން އުޅުނުއެވެ. އޭގެތެރެއިން ބައެއް ކުދިންގެ ފުށުން ނޭގާނީ ވިޔާނުދާ އަމަލުތައް ފެނި ސިއްރުންކަން ކަން ކުރަން ފެށުމުން އެކުދިނގެ އުނދަގުލާ ރަށު ރައްޔިތުން ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން މިގޮތަށް އުޅުނު ކުދިން މާލެ ތެރެއިން ހޯދާ އެކުދިން ގެނެސް މި ބުނި ވަކަރުގެއަށް ލާން ފެށިއެވެ. އެކުދިިން ރަނގަޅުކޮސް މުޖަތަމައުގެ ބޮލުގައި ނުރިހޭވަރު ކުރުމަށެވެ. ދޫދޫމަތިން އޭރު ކިޔާ އުޅުނު ގޮތުން މި ބުނާ ވަކަރުގެއަށް އޭރު ގެނެސް ފުރަތަމަ ވެއްދީ ތިރީހަކަށް ކުދިންނެވެ. އެއީ ހުސް ފިރިހެން ކުދިންނެވެ.

އެކުދިންނަށް ކާންދީ ހެދުން ދީ ހެދީ ދައުލަތުންނެވެ. އެހެންކަމުން އެކުދިން އެގެއިން ބޭރަށް ނުކުމެ މީހުންނަށް އުނަގަދޫކރުން ހުއްޓުމަކަށް އައެވެ. ސަބަބަކީ ގަޑިގަޑިއަށް ކާން ލިބި ނިދާނެ ތނާއި އަންނައުނުވެސް ލިބުމެވެ. 

ފުރާވަރަށް އެރުމުން އަނެއްކާވެސް އިތުރު މައްސަލަތަކެއް

ވަކަރުގޭގައި ތިބި ކުދިން ފުރާވަރަށް އަރަންދެން ވަރަށް ހެޔޮކޮށް ތިބެ ފުރާވަރަށް އެރުމުން އަނެއްކާވެސް މައްސަލަތައް ނުކުންނަށް ފެށިއެވެ. މިފަހަރު ދިމާވީ ތަފާރު ކަމަކެވެ. އަންހެން ކުދިން ފަރި ބަލަން ނުކުތުމާއި އެކުދިން ފަސްފަހަތުން ހިނގުމާއި މައްލަވަކުރަން ފެށުމެވެ. މި ކުދިން ބަލަހައްޓަން ލާފައި ހުންނަނީ ސަރުދަރާކާއި އެހީތެރިންނެވެ. އެހެންނަމަވެސް އެ ކުދިންގެ ގޮތް ދޫނުކުރުމާއި ބިރެއް ނެތުމުން މި ސަރުދާރާއި އެހީތެރިނަށް ކިޔަމަންވަނެއް ނުވެއެވެ. ދާނެ އިރަކު ބޭރަށް ގޮސް އަންނާނެ އިރަކުން އަންނަނީއެވެ. 

އެންމެ ފަހުން މިކަންތަން ބޮޑުވުން އެ ކުދިން އެތަނުން ނެރެ މަސައްކަތް ހަވާލުކުރަން ފެށިއެވެ. ހަވާލުކުރީ މާލޭގެ ލަންޓަން ބައްތިތައް އެކުދިން ލައްވާ ފޮހެ ސާފުކޮށް ތެޔޮ އަޅާ ދިއްލާ ނިވައި އެކަންކަން ކުރުވުމެވެ. ދެން މިކުދިންނަށް ކިޔަމަުން އައި "ވަކަރުގޭ" ކުދިންގެ ނަމުން ވީއްލި އައު ނަމެއް ހަރުވިޔައެވެ. ފަހުން ކިއަމުން އައީ "ތެއޮޅުވާ" ކުދީން މިހެންނެވެ. މާނައަކީ ތެޔޮ އަޅާ ކުދިންނެވެ. ތެއޮޅުވާ ކުދިންނާއި ހަމައިން އެކުދިން ވެގެންދިޔައީ ސަރުކާރުގެ މުވައްޒަފުންނަށެވެ. އެއަށް ފަހު މާލޭގެ ހަތަރު އަވަށުގައި ބަންޑާރަ އެދުރުގޭގެ ނަމުގައި ހަތަރު އެދުރުގެ އުފައްދާ އަވަށު ތެރެއިން ހޮވައިގެން ކުދިން ހޯއްދަވާ އެތަނަށް ވައްދަވާ ސަރުކާރުން ކިޔަވާދެއްވަންވެސް ފެއްޓެވިއެވެ. އަދި އޭގެފަހުން އަވަށްތަކުގައި އިސްލާހިއްޔާގެ ނަމުގައި ތަން ތަން ހަދާ އެހެން އުޅުނު ކުދިން ރަނގަޅު ކުރން މަސައްކަތްކުރިކަން ފެންނާނެ އެބަހުއްޓެވެ.

އެކުދިން ރަނގަޅުވިތަ

އެހެންނަމަވެސް އޭގެތެރެއިން ބައެއް ކުދިންގެ ގައިން ސަރުކާރު މުވައްޒަފުންގެ ކިބައިގައި ހުންނާންޖެހޭ ތަރުބިއްޔަތެއްނެވެ. އެކުދިންގެ ހުރީ ޖެހިލުން ކުޑަވެ ބިރު ކުޑަ ގޮތް ދޫނުކުރުމުގެ ސިފައެވެ. މިކަމާއި ހެދި އޭރުވެސް ސިޔާސީ މީހުން ނުލަފާކަމެއް ކުރަންވެއްޖެނަމަ ބޭނުން ހިފަނީ މިކުދިންގެއެވެ. އެ ކުދިން ހަވާލުކުރާކަމެއް ކުރާކަށް ފަހެއް ނުޖެހެއެވެ. 

މިހާރުވެސް ފެންނަނީ މި މަންޒަރު 

ކޮންމެވެސް ސަބަބަކާއި ހުރެ ރަށުތެރޭ އެނބުރި ވިޔާނުދާ އަމަލުތަކަށް ދާ ކުދިން މިހާރުވެސް މަދެއް ނޫނެވެ.  އެފަދަ ކުދިންގެ ބޭނުން ބައެއް މީހުން މިހާރުވެސް ހިފަމުން އަންނަނީ ވަކަރުގޭ ކުދިން ލައްވާ އޭރު ނުލަފާ ކަންކަން ކުރިވި ފަދައިންނެވެ. މީހަކަށް އަނިޔާއެއް ދޭން ގެއްލުމެއް ދޭން މި ކުދިން ލައްވާ ސިއްރުން ކަންކަން ކުރުވާ މީހުން އުޅެކަމަށް ބުނެއެވެ. އޭރު ކީ ވަކަރުގޭ ކުދިންނެވެ. މިހާރު ނަން ރީތިކޮށްލައިފި އެވެ. މިހާރު އެއީ "ގޭންގް" ސުޕަ ސްޓާރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް