އެމް.ޕީ.އެލުން ބުނީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ވަނީ ހަދިޔާކޮށްފައިވާކަށެވެ.
އެމް.ޕީ.އެލްގެ ފަރާތުން މަސްދަޅު ކޭސްތައް ހަވާލުކޮށްދީނި އެ ކުންފުނީގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާ އާއި ޖެނެރަލް މެނޭޖަރ އަޙްމަދު ސަލީމް އަދި ޖެނެރަލް މެނޭޖަރ އަލީ ޖައުފަރު ފިޔަވައްޗަށް ވަޑައިގަތް، އެ މަރުކަޒުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައެވެ.
އެމް.ޕީ.އެލްގެ ސީ.އެސް.އާރްގެ ދަށުން މީގެ ކުރިންވެސް ފިޔަވައްޗަށް ވަނީ ތަފާތު އެހީތައް ފޯރުކޮށްދީފައިކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މަރުކަޒަށް ބޭނުންވާ އެކި ކަންތައްތަކުގައި ކުންފުނީގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް އެމްޕީއެލުން ބުނެއެވެ.