ads
މިއަހަރު އުމްރާއަށް ގޮސް ތިބި މީހުންނާއިގެ ހަރަމް ފުރިފައި. ފޮޓޯ: ހަރަަަމައިން
ރޯދަމަހު ކުރެވޭނީ އެއް އުމްރާ، ތަކުރާރު ނުކުރެވޭނެ: ސައުދީ
މި ހިނގާ ރޯދަމަހު އުމްރާގެ އަޅުކަމަށް ދާ އުމްރާވެރިންނަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އުމްރާކުރުމަށް ފުރުސަތު ނުދެވޭނެކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ އުމްރާގެ އަޅުކަމަށްދާ އެތައް މިލިއަން މީހުންނާއި މައްކާގެ އަހުލުވެރިންނާއި އެކު ހަރަމްފުޅު ފުރޭ ދުވަސްވަރަކެވެ.

ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ އުމްރާއަށް އެ ޤައުމަށްދާ ކޮންމެ މީހަކަށްވެސް އުމްރާ ކުރެވޭނީ އެއް ފަހަރުކަމަށެވެ. މިގޮތަށް ނިންމީ މީ ރޯދަމަސްކަމަށް ވުމުން ހަރަމްފުޅު ތޮއްޖެހުން ކުޑަކޮށް ހުރިހާ އެންމެނަށް ފަސޭހަކަމާއި އެކު އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. އެހެންކަމުން މި ނިންމުމަށް ހުރިހާ އުމްރާވެރިންވެސް ކަމޭހިތުމަށް ސައުދީ ސަރުކާރުން އެދެއެވެ.

your imageމި ރޯދަަމަހު ތަރާވީސް ނަމާދުގެ ވަގުތުގައި ހަރަމް ފުރިފައި. ފޮޓޯ: ހަރަަަމައިން

ރޯދަމަހާއި ދިމާކޮށް އުމްރާގެ އަޅުކަމަށް ދާ މީހުން ގިނަވުމުން ދެ ހަރަމުގައި މުހިއްމު ފިޔަވަޅުތަކެއް ސައުދީ ސަރުކާރުން ހުންނަނީ އަޅާފައެވެ. އެގޮތުން އުމްރާ ކުރުމަށާއި މަސްޖިދުއް ނަބަވީގެ ރައުޝާއަށް ވަނުމަށް އެޕޮންއިންޓްމަން ހެއްދުމަށް "ނުސުކް" އެޕް ބޭނުންކުރަން ޖެހެއެވެ. އަދި އެ އެޕުން ލިބޭ ވަގުތުތަކަށްް ފަރުވާތެރިވުމަށްވެސް ސައުދީ ސަރުކާރުން އެދެއެވެ. 

ރަމަޟާން މަހަކީ ދިވެހިންގެ ވެސް ގިނަ ބަޔަކު އުމްރާއަށް ދާ މަހެކެވެ. ފަހަކަށް އައިސް ބައެއް ޖަމާއަތްތަކުން މުޅި ރީދަ މަހާއި 6 ރޯދަ އެއްކޮށް މައްކާގައި ތިބެވޭގޮތަށް އުމްރާއަށް އަންނަނީ ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް