ads
ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު
"ޕެޓް ކެއަރ ފެސިލިޓީ"ގެ އަމަލީ މަސައްކަތް ފަށައިފި
"ޕެޓް ކެއަރ ފެސިލިޓީ"ގެ އަމަލީ މަސައްކަތް ފަށައިފި އެވެ
Advertisement

މިއަދު ހުޅުމާލޭގައި މި މަސައްކަތް ފެށުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އަލީ އާޒިމް ވިދާޅުވީ މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމާއި މި ބުޅާތަކުގެ ސަބަބުން ރައްޔިތުންނައް ދިމާވާ އުނދަގޫތަކުން ސަލާމަތް ކޮށް ދިނުން ކަމަށެވެ. 

މިހާރު މި ކުރެވެނީ ފެންސުގެ މަސައްކަތް ކަމަށާއި ކުރިޔަށް އޮތް 20 ދުވަސް ތެރޭގައި ފެންސުގެ މަސަކަތް ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މި އަންނަ ހަފްތާގެ ތެރޭގައި އިމާރާތުގެ މަސައްކަތް ފަށައިގަންނަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. 

"މާލޭގެ ރައްޔިތުންނައް ވަރަށް ބޮޑަށް ދަތިވެފައި އޮތް ކަމެއް މީ ބުޅަލުގެ މައްސަލަ އަކީ. މުޖުތަމައުއެއް އުފެދިގެން ކުރިއަރައިގެންދާ އިރު ލޮތްބާއި އޯގާތެރިކަން އެ މުޖުތަމައުގެ ތެރޭގައި ހުރުމަކީ މުހިންމު ކަމެއް" އާޒިމް ވިދާޅުވި އެވެ.

ޖަނަވާރުންނަކީ ލޯތްބާއި އަޅާލުން ލިބެންޖެހޭ އެއްޗެހި ކަމަށް ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ މިހެން ކަމުން އެ ޖަނަވާރުންނައްވެސް ރައްކާތެރި މާހައުލެއް ބިނާ ކުރުމުގެ މަގުސަތުގައި ސަރުކާރާއި ސިޓީކައުންސިލުން ގުޅިގެން މަސައްކަތް ކުރައްވާ ކަމަށެވެ. 

އުންމީދަކީ ކުރިޔަށް އޮތް މަހެއް ނުވަތަ ދެ މަހެއްގެ ތެރޭގައި މި އިމާރާތް ބިނާ ކޮށް ނިންމާ އެތަށް މާލޭގެ މަގުތަކުގެ މަތީގައި އުޅޭ ބުޅަތައް މި އިމާރާތައް ބަދުލު ކުރެވޭނެ ކަމަށް ކަމަށެވެ. 

އެ ފެސިލީޓީގައި ގެންގުޅޭ ބުޅާތަކަކީ ނިއުޓާރް ކޮށްގެން ގެންގުޅެވޭނެ ބުޅާތަކެއް ކަމަށާއި ބޭނުން ވަނީ ވީހާވެސް އަވަހަކަށް މި އިމާރާތުގެ މަސައްކަތް ނިންމާލުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފަ އެވެ. އެކަމަކު ފަހުން އެ މަސައްކަތަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރިޔަސް މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އޭރު ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް