ދަތުރު ރާވައި ހިންގުމުގެ ހިދުމަތާ ގުޅޭ ބިލް މަޖިލީހަށް ހުށައެޅީ ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއެވެ.
މިއަދު މަޖިލިސް ޖަލްސާ ފައްޓަވަމުންމަޖޅީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުން ހުށައެޅި އެ ބިލް އަނބުރާ ނަގާފައިވާކަމަށެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުގެ މިންގަނޑުތައް ބަޔާންކުރާ ބިލެކެވެ. އެ ހިދުމަތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް، މޮނިޓާ ކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް މި ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހެއެވެ.
މި ބިލް ގައިވާގޮތުން ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ ހަމައެކަނި ލައިސަންސް އޮންނަ ފަރާތްތަކުން އެކަންޏެވެ. އަދި ލައިންސަންސް ދޭނެ ގޮތާއި އެކަމުގެ ޝަރުތުތައް މި ބިލުގައިވަނީ ހިމަނާފައެވެ.