ads
ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށް ދަނީ
ތިލަމާލެ ބްރިޖްގެ 35 ޕަސެންޓް މަސައްކަތް ނިމިއްޖެ: މުއްތަލިބު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 35 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެ ބްރިޖުގެ 35.53 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރި ވިދާޅުވި އެވެ.

މިނިސްޓްރީން މިއަދު އާންމުކުރި ތިލަމާލެ ބްރިޖުގެ މައުލޫމާތުގައިވާ ގޮތުން، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. ޕައިލް ކެޕިންގެ 43 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު ޕިއާ ކޮލަމްގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިން މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިކަމަށާއި މަޝްރޫއުގެ މަސައްކަތާއި އަލަށް އެކުލަވާލި މަސައްކަތާ އަޅާބަލާއިރު މިހާރު ޕްރޮގްރެސް ހުރީ 1.11 ޕަސެންޓް ކުރީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

މިވަގުތު އެންމެ ބޮޑަސް އިސްކަންދެނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ކަމަށާއި އެއަށްފަހު ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ މުއްދަތާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކުރިން ވެސް ބުނެފައިވެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް