ads
ދާހިލީ ވަޒީރު އަލީ އިހްސާން މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ބީދޭސީން ގެނައުމުގައި ވެރިންގެ އިހުމާލު، ތަހުގީގުކަމުން މިދަނީ: ދާހިލީ ވަޒީރު
ގާނޫނާއި ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ދައުލަތުގެ މަގާމަތަކުގައި ތިބި މީހުން އެމީހުންގެ ބާު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް ބިދޭސިން އެތެރެކުރުމުގައި ދައުލަތުގެ މަގާމުތަުގައި ތިބި މީހުންގެ އިހްމާލު ވަރަށް ބޮޑުކަމަށެވެ. އަދި އެމީހުން އެކަން ކޮށްފައިވަނީ ގާނޫނުގައި ހުރި ލޯވަޅުތައް ހޯދައިގެން އޭގެތެރެއިން ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ބަލާ ތަހުގީގުކުރަމުން އަންނަކަމަށާއި އެމީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިހްސާން ވިދާޅުވިއެވެ.

"ކަނޑައެޅިގެން މީގެ ތެރޭގައި އެބަތިބި އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވި ތަހުގީގުވެސް ކުރެވެމުންވެސް އެބަދޭ. މަގާމުގައި ލިބިފައިވާ އޮތޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށް މި އޮތް ލޫޕް ހޯލްގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކޮށްލާކަން ފާހަގަކުރެވިފަ އެބަ އޮތް،" އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަހަރެއްގެ ތެރޭގައި ހޯދާ އަދަދު ހާމަކުރާނެކަމަށެވެ. އަދި އެކަން ކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާބް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ދާހިލީ ވަޒީރު ވިދާޅުވިއެވެ.

" 1 އަހަރުގެ ތެރޭ އިރާދުކުރެއްވިއްޔާ މި އިއްޒަތްތެރި މަޖިލީހަށްވެސް އެކަން ސާފުކޮށް ދައްކާނަން އަދި ދިވެހި ރައްޔިތުންނަށްވެސް އެ މައުލޫމާތު ހާމަކޮށް އަރުވާނަން," އިހުސާން ވިދާޅުވިއެވެ.

 

ރާއްޖޭގައި ބަންގްލަދޭޝްގެ 135،149 މަސައްކަތްތެރިންނަށް މިވަގުތު އެކްޓިވް ވާކްޕާމިޓް ދޫކޮށްފައިވާކަމަށް ދާހިލީ ވުޒާރާއިން ބުނެއެވެ. އެހެންނަމަވެސް ގަވައިދުން ފައިސާ ދައްކާ މީހުންގެ އަދަދު 40 ހާހަށްވެސް ނާރާކަމަށް އެ ވުޒާރާއިން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް