ads
އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަރ ކިންގްސް
ޗެންނާއީ - ބެންގަލޫރު މެޗުން އައިޕީއެލް ހުކުރު ދުވަހު ފަށަނީ
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު، ޗެންނާއީ ސުޕަރ ކިންސްގްއާ، ރޯޔަލް ޗެލެންޖަރސް ބެންގަލޯރ މެޗުން ހުކުރު ދުވަހު ފަށާނެއެވެ.

އިންޑިޔާގެ 10 ސްޓޭޓަކަށް ނިސްބަތްވާ 10 ޓީމުން ވާދަކުރާ މި މުބާރާތުގައި މި ފަހަރު ޖުމްލަ 74 މެޗު ކުޅޭނެއެވެ. މުބާރާތް ހުޅުވާ މެޗު ކުޅޭނީ، ޗެންނާއީގެ ޗިދަންބަރަމް ސްޓޭޑިއަމްގައެވެ. އަދި ފައިނަލް މެޗު އޮންނާނީ ނަރެންދްރާ މޯޑީ ސްޓޭޑިއަމްގައެވެ. މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 46.5 ކްރޯޑް ރުޕީސް ދެވޭނެއެވެ. 

މި ފަހަރުގެ މުބާރާތަކީ އައިޕީއެލްގެ 17 ވަނަ މުބާރާތެވެ. މުބާރާތް ހުޅުވާ މެޗުގައި ކުޅޭ ޗެންނާއީ އަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަނުންވެސް މެއެވެ. ޗެންނާއީންވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. 

ހުކުރު ދުވަހު ފަށާ މުބާރާތް ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހަށް ދެމިގެންދާނެއެވެ. މުބާރާތުގައި ކުޅޭ 10 ޓީމުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅޭނެއެވެ. ރައުންޑް ރޮބިން ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި މެޗުތަކަށް ފަހު އެންމެ މޮޅު ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީއަކުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، އެ މެޗުން ބަލިވާ ބަޔަކު، ތިންވަނަ އަދި ހަތަރުވަނަ ޓީމު ކުޅޭ ދެވަނަ ސެމީން މޮޅުވާ ބަޔަކާ ކުޅޭނެއެވެ. 

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2.4 މިލިއަން ޑޮލަރު ލިބޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް