ads
ޝަމީމް
ރޯދަމަހު ޕީޖީ އޮފީހުގައި މުވައްޒަފުން މޮބައިލް ބޭނުންކުރުން މަނާ
ރޯދަމަހު އޮފީހުގެ މަސައްކަތައް ސަމާލުކަން ދިނުމުގެ ގޮތުން ބައްދަލުވުންތަކަށް މޯބައިލް ފޯން ވެއްދުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން މަނާކޮށްފިއެވެ.
Advertisement

ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ވިދާޅުވީ އެގޮތަށް ނިންމެވީ  މަސައްކަތުގެ މާހައުލުގައި މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން ރޯދަމަހު އެ އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. 

ސަބަބެއްކަމަށް ޝަމީމް ވިދާޅުވީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުން ކަމަށާއި އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއްކަމަށެވެ.  މި ބަދަލާއި އެކު ރަސްމީ ގަޑީގައި ބޭނުންކުރާނީ އޮފީހުގެ ރަސްމީ ލޭންޑް ލައިން ފޯނުކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މިކަން ކާމިޔާބުވެއްޖެ ނަމަ ރޯދަމަސް ނިމުމުމުން އެހެން މަސްމަހުގައިވެސް އެގޮތަށް އަމަލު ކުރާނެކަމަށެވެ. 

މި ރޯދަމަހުގެ ފަހު 10 އެއްގައި މުވަެްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށް ޕިޖީ ވަނީ ނިންމާވާފައެވެ. އަދި ރޯދަމަހު ފިރިހެން މުވައްޒަފުން އޮފީހަށް ނުކުންނައިރި ޓައި އަޅަން ނުޖެހޭ ގޮތަށްވެސް ޝަމީމް ވަނީ ނިންމަވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް