ads
ފޮޓޯ: ލޮނުމެދު ޕޭޖް
ސީއެންއެމް ބަދިގެ: ޒިލޭބި
މިއަދުގެ ރެސިޕީއަކީ ޒިލޭބި އެވެ. ދެކުނު އޭޝިޔާގައި ހާއްސަކޮށް އިންޑިޔާ އަދި މެދުއިރުމަތީގައިވެސް މަގުބޫލް ޒިލޭބި އަކީ ތިހީކުރާ ވަރަށް ވުރެ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި: 

ޒިލޭބި

  • 2 ޖޯޑު ފުށް
  • 1 މޭޒުމަތީ ސަމުސާ ކޯން ފްލަރ
  • 1 ޖޯޑު ފެން
  • 1 މޭޒުމަތީ ސަމުސާ ޔީސްޓް
  • 1 މޭޒުމަތީ ސަމުސާ ހަކުރު
  • 1/2 ޖޯޑު ތާފަނާ ފެން
  • 1/2 މޭޒުމަތީ ސަމުސާ ކާކުލަ (ރަތް)
  • ތެޔޮ (ޒިލޭބި ތެލަށްއެޅުމަށް)

ޝުގަރ ސިރަފް

  • 3 ޖޯޑު ހަކުރު
  • 1 1/2 ޖޯޑު ފެން
  • ލިބޯ ފަޅިއެއްގެ ހުތް
  • 1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

1/2 ޖޯޑު ތާފަނާ ފެނުގައި ޔީސްޓް އަދި ހަކުރު މިކްސް ކޮށްލާށެވެ. ފަސްވަރަކަށް މިނެޓު ބެހެއްޓުމުން މި މިކްސްއިން ފޮނުއަރާލާނެއެވެ. މާ ހޫނު ފެނުގައި ޔީސްޓް އަދި ހަކުރު އެއްކޮށްލެވިއްޖެނަމަ އަހަރެމެން މި ބޭނުންވާ "ފްރޮތީ" މިކްސްޗަރ އެއް ނުހެދޭނެއެވެ.

ދެން ނިކަން ރަނގަޅަށް، ވައި ނުވަންނާނެ ވަރަށް، ބޯތަށީގެ މަތި ބަންދު ކުރާށެވެ. އަހަރުމެން މިކަމަށް ބޭނުން ކުރީ ޕްލާސްޓިކް ފޫޑް ރެޕްއެވެ. ރަނގަޅަށް ބަންދު ކޮށްފައި 24 ގަޑިއިރު ވަންދެން ބަހައްޓާށެވެ. ފްރިޖަށް ލާކަށް ނުޖެހޭނެއެވެ.

ސައްވީސް ގަޑިއިރު ހަމަވީމައި ބޯތަށި ބަންދުކުރަން ބޭނުން ކުރި އެތި ނަގާށެވެ. މިހާރު ބޯތަށީގެ ތެރޭގައި ހުރި ސާމާނުގައި ހުތް ވަހެއް ހުންނާނެއެވެ. އަދި އޭގައި ހުންނާނީ ކޮންމެވެސް ވަރަކަށް ބޮކިވެސް ހެދިފައެވެ.

ދެން އޭގެ ތެރެއަށް 1 މޭޒުމަތީ ސަމުސާގެ ފުށް އަޅާފައި ރަނގަޅަށް އެއްކޮށްލާފައި އިހަށް ބަހައްޓާލާށެވެ.

ފަނިގަނޑު ތައްޔާރު ކުރަން ހުރި ފެނާއި ހަކުރާއި ރާނބާފަތް ތެއްޔަކަށް އަޅާފައި ބޮކިޖަހާ ކެކި ގަންނަންދެން ކައްކާށެވެ. ކެކި ގަތީމައި ގިނި މަޑުކޮށްލާށެވެ. ދެން މެދު ސްޕީޑުގައި ބޮކިޖަހަމުން ދާވަރުގައި އޮލަ ވަންދެން 10 މިނެޓް ކައްކާށެވެ. ފަނިގަނޑި މިހާރު އެހެރީ ތައްޔާރު ވެފައެވެ.

ދެން ވަކިން ތާހަކަށް ތެޔޮ އަޅާފައި ކެކިގަތީމާ އައިސިންބޭގަކަށް ހިމަ ދޯރިއެއް ލައްވާފައި އޭގެ ތެރެއަށް ފުށްކޮޅު އަޅާށެވެ. އަދި އަވަސް އަވަހަށް ރޮނގެއް ގޮތަށްކާރިކޮށް ތެޔޮތާސް ތެރެއަށް އަޅަމުން ދާށެވެ. 

ދެން ޒިލޭބި މުރަނަ ވާވަރުވަންދެން ތެލުލާށެވެ. ތެލު ލެވެމުން ދާއިރު ފުށުން ޖަހާލަން ވާނެއެވެ. ރަނގަޅަށް ތެލުލެވުނީމައި ތެލުގެ ތެރެއިން ނަގާފައި ދަގަނޑު ފުރޭނީގެ ތެރޭގައި ކުޑަ އިރުކޮޅެއް ބާއްވާލުމަށްފަހު ތަށްޓަކަށް ލާށެވެ. ހުރިހާ ޒިލޭބީ ތަކެއް އެއް ފަހަރާ ތެލުލުމުގެ ބަދަލުގައި އަހަރުމެން ތެލުލީ ފަހަރަކު ދެ އެއްޗެވެ.

ދެން އޮތީ ޒިލޭބީ ފަނިގަނޑުގެ ތެރެއަށް ލުމެވެ. ޒިލޭބީ ފަނިގަނޑުގެ ތެރެއަށް ލާއިރު ޒިލޭބީވެސް އަދި ފަނިގަނޑުވެސް ހުންނަންވާނީ ކޮންމެވެސް ވަރަކަށް ހޫނުކޮށެވެ. އެހެންނޫނީ ޒިލޭބީގެ ތެރެއަށް ފަނިގަނޑެއް ނުވަންނާނެއެވެ. ފަނިގަނޑުގެ ތެރެއަށް ޒިލޭބީ ލާފައި 3 މިނިޓު ބަހައްޓާލާފައި ނަގާށެވެ. ފަނިގަނޑުން ޒިލޭބީ ނަގާއިރު ހުންނާނީ ކުޑަކޮށް ހަރުކޮށެވެ. ބޭނުމިއްޔާ ފިނި ކޮށްލެވި ދާނެއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް