އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތު އޮންނާނީ އަންނަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ.
މި މުބާރާތަށް ރާއްޖޭން ހަތަރު އެތްލީޓުން ނެގިއެވެ. އެއީ ކޮންމެ ޖިންސަކުން ޖޯޑެކެވެ. އަންހެން ދެ އެތުލީޓުންނަކީ، ޒީކް އަޝްރަފް ރަޝީދު އާއި ހައްވާ މުޒްނާ ފާއިޒު އެވެ. ފިރިހެން ދެ އެތުލީޓުންނަކީ، ހުސެއިން ޒީކް ސުއާދު އާއި އިބްރާހިމް ނާހިލް ނިޒާރު އެވެ.
ދުބާއީގައި އަންނަ މަހު މި މުބާރާތް ކުރިއަށްދާނީ 24-27 އަށެވެ.