ads
ކެންސަރަށް ފަރުވާ ހޯއްދަވާކަން ހާމަކުރައްވާ ކޭޓް ދެއްވި ވީޑިއޯ މެސެޖް
ކޭޓް ފެނިއްޖެ، ވިދާޅުވީ ކެންސަރަށް ފަރުވާ ހޯއްދަވާކަމަށް
އިނގިރޭސި ވިލާތުގެ ޕްރިންސަސް އޮފް ވޭލްސް، ކެތަރިން ކެސްސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު ފަރުވާގެ ޮފުރަތަމަ މަރުހަލާގައި ހުންނެވިކަން ހާމަކޮށްފިއެވެ.
Advertisement

ކެތަރިން ވީޑިއޯ މެސެޖެެއްގައި މިކަން ހާމަކުރައްވާފައިމިވަނީ އާއްމު ތަންތަނުން އެކަމަނާ ނުފެންނާތީ އެކަމަނާގެ ސިއްހަތާއި ގުޅުވާ އެތައް ވާހަކަތަކެއް މީޑީއާގައި ފެތުރިފައިވަނިކޮށެވެ. މިދިޔަ ކްރިސްމަސްއަށް ފަހު ކެތަރިން އެއްވެސް ރަސްމީ ހަރަކާތަކުން ފެނިފައެއް ނުވެއެވެ. 

ކެތަރިން ވިދާޅުވީ މިއީ ވަރަށް އުނދަގޫ ދެމަހެއްހާ ދުވަހަށްފަހު ލިބުނު ވަރަށް ބޮޑު ޝޮކެއްކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ކެތަރިން ވަނީ ބަނޑުގެ އޮޕރޭޝަނެއް ކުރައްވާފައެވެ. އެހެންނަމަވެސް އެ އޮޕަރޭޗަން ކުރެއްވިއިރު ކެންސަރު ހުރިކަން އެނގިވަޑިގެންފައި ނުވާކަން އިންގިރޭސި ޕްރިންސަސް ކެތަރިން ވިދާޅުވިއެވެ. 

"ނަމަވެސް އޮޕަރޭޝަނަށް ފަހު ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން އެނގުނު. އެހެންވީމަ އަޅުގަނޑުގެ މެޑިކަލް ޓީމުން ލަފާ ދިނީ ޕްރިވެންޓިވް ކީމޯތެރަޕީގެ ކޯހެއް ހަދަން ޖެހޭ ކަމަށާއި އެ ފަރުވާގެ ފުރަތަމަ މަރުހަލާގައި މިހާރު މިހުރީ،" ދުވަސްތަކަކަށްފަހު އާއްމުން ކެމަރާ ކުރިމައްޗަށް ނުކުންނަވާ ޕްރިންސަސް ކެތަރިން ވިދާޅުވި އެވެ.

ކެންސަރަށް ފަރުވާކުރަން ކިމޯތެރަފީ މިދިޔަ ފެބްރުއަރީ މަހު ފަހު ކޮޅު ފަށާފައިވާކަން އިއުލާންކުރެއްވި ނަމަވެސް ކެންސަރުގެ ބާވަތާއި ގުޅޭ ތަފްސީލުތަކެއް އެކަމަނާ އާއްމެއް ނުކުރައްވައެވެ. ކެތަރިން ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދެނީ އާއިލާއަށް ހިތްހަމަޖެހުން ގެނެސްދިނުމަށްކަމަށެވެ. އަދި ތުއްތު އާއިލާއަށް މިވާހަކަތައް އެމީހުންނަށް އެކަށީގެންވާ ވަރަށް ކިޔާދެއްވާފައިވާކަމަށާއި މިހާރު ބޭނުންވަނީ ވަގުތާއި ޕްރައިވެސީކަމަށްވެސް ކެތަރިން ވިދާޅުވިއެވެ. 

"ވިލިއަމް އާއި އަހަންނަކީ އަހަރެމެންގެ ޒުވާން އާއިލާއަށްޓަކައި ޕްރައިވެޓްކޮށް މިކަން ޕްރޮސެސްކޮށް ބެލެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ދެ މީހުންނެވެ." ކެތަރިން ދެއްވި މެސެޖްގައި ވިދާޅުވިއެވެ.

ބަލީގެ މައުލޫމާތާއި ހާލުކޮޅު ރަސްގެފާނު ޗާލްސާއި ރާނީއަށް އަންގާފައިވާއިރު ރަސްގެފާނު ޗާލްސްވެސް ގެންދަވޏި ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. ރަސްގެފާނު ޗާލްސް އާއި ކެތަރިން އަށް ލަންޑަން ކްލިނިކް ޕްރައިވެޓް ހޮސްޕިޓަލުގައި ވަނީ އެއްފަހަރާ ފަރުވާދީފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް