ads
ޗެންނާއީ ކުޅުންތެރިން
އައިޕީއެލް: ބެންގަލޫރު ބަލިކޮށް ޗެންނާއީ ފެށީ މޮޅަކުން
އިންޑިޔަން ޕްރިމިއަ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުން، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު، އަދި އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަރ ކިންގްސް މޮޅުވެއްޖެއެވެ.

ޗެންނާއި ސުޕަރ ކިންގްސް، މުބާރާތުގެ ފުރަތަމަ މެޗުގައި މޮޅުވީ ރޭ، ރޯޔަލް ޗެލެންޖަރސް ބެންގަލޯރއާ ދެކޮޅަށް ކުޅެ، ހަ ވިކެޓުންނެވެ. މިދިޔަ ސީޒަންގެ ފައިނަލުގައިވެސް ކުޅުނީ މި ދެ ޓީމެވެ. އެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗެންނާއީންނެވެ. 

ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވީ ބެންގަލޫރަށެވެ. ބެންގަލޫރަށް ޓޮސް ދިމާވުމުން ގަސްދުކުރީ އެންމެ ފުރަތަމަ ކުޅެން އަރާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރު ހަ ކަޅުންތެރިން ނުބައިވެގެން ހެދުނީ 173 ލަނޑެވެ. ޖަވާބުގައި ޗެންނާއީން ނުކުމެ، 18.4 އޯވަރު ތެރޭ ޗޭސްކޮށް 176 ލަނޑު ޖެހީ ހަތަރު ވިކެޓުންނެވެ. 

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގައި މިއަދު ދެ މެޗު ކުޅޭނެއެވެ. މިއަދުގެ ފުރަތަމަ މެޗަކީ، ކޮލްކަތާ ނައިޓް ރައިޑާސްއާ، ސަން ރައިޒަރސް ހައިދަރުއާބާދުގެ މެޗެވެ. މިއަދުގެ ދެވަަ މެޗަކީ ރާޖަސްތާނު ރޯޔަލްސްއާ، ލަކްނޯ ސުޕަރ ޖަޔަންޓްސްގެ މެޗެވެ. 

މި ފަހަރުގެ މުބާރާތަކީ އައިޕީއެލްގެ 17 ވަނަ މުބާރާތެވެ. މުބާރާތުގައި ކުޅޭ 10 ޓީމުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅޭނެއެވެ. ރައުންޑް ރޮބިން ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި މެޗުތަކަށް ފަހު އެންމެ މޮޅު ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީއަކުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، އެ މެޗުން ބަލިވާ ބަޔަކު، ތިންވަނަ އަދި ހަތަރުވަނަ ޓީމު ކުޅޭ ދެވަނަ ސެމީން މޮޅުވާ ބަޔަކާ ކުޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް