މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި މ. ރަތްމަންދޫގައި ހުންނަވާ ޝާހިދު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފއިވާކަމަށެވެ. މިގޮތުން
ރަތްމަންދޫގެ ހުރިހާ މަޝްރޫޢެއްވަނީ ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
މިސަރުކާރުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ތަރައްގީއަށް ހޭދަކޮށްފައިވަނީ 300 މިލިއަންކަމަށާއި އެމްޑީޕީން މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ތަރައްގީއަށް 1.7 ބިލިއަން ހޭދަކޮށްފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި މި ސަރުކާރަށް ވުރެ ގިނައިން ތަރައްގީ އަށް ހޭދަކޮށްފައިވާކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފަ އެވެ.