ads
ހޯމް މިނިސްޓަރު އިހްސާން
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ ދޫކުރީ ކޯޓުން: އިހުސާން
ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދުގައި ހުރި ކާފަ ދޫކޮށްލީ ކޯޓުން ކަމަށާއި އެއީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސް ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ.

އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އިހްސާން ވިދާޅުވިއެވެ. 

ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމުކަމަށާއި ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޯކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެއްވަމް ބޭނުންވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ ނިންމުމަކީ ކޯޓުގެ ނިންމުމެއްކަމަށް ފާހަގަ ކުރައްވާ އިހުސާން ވިދާޅުވީ އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގައި ފެންމަތިވި ޖިންސީ ގޯނާގެ މި މައްސަލައިގައި އެ ކުއްޖާގެ ބަޔާން ވެސް މީސްމީޑިއާގައި ދައުރުވިއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި 13 އަހަރުގެ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. 

މި މީހާ ބަންދުން ދޫކޮށްލުމާއި ގުޅިގެން ގިނަބަޔެއް ގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ. 

ރައީސް ޑރ. މުއިއްޒު ވެސް ވަނީ މި ފަދަ ބޮޑެތި ކުށްތައް ކުރާ މީހުން އެހާ ފަސޭހައިން މިނިވަން ވިޔަނުދިނުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް