ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ.
އެކަހަލަ މީހުންނައް ލުއިދޭން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ޕީޖީ ދަންނަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމަށް ރައީސް ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައި މި ވަނީ މިދައުރުގެ ތެރޭގައި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ދެ މީހަކު ދޫކޮށްލާފައިވާ ކަމުގެ ހަބަރު ސޯޝަލް މީޑިޔާގައި ފެތުރިފައި ވަނިކޮށެވެ.
ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ދޫކޮށްލާފައިވަނީ ކުޑަކުދިންނައް ޖިންސީ ގޯނަ ކުރި މައްސަލާގައި ސަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ދެ މީހުންކަމަށާއި އެ މީހުން މައްސަލަ އަލުން ޕީޖީން އިސްތިއުނާފަށް ހުށަހަޅަން ކުރަންޖެހޭ މަސައްކަތަށް ކުރަމުން އަންނަ ކަމަށެވެ.