މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކަނޑޫދޫ މިރުހާއި، ލާމު މިރުސް އަދި ލަންކާ މިރުސް ހުރި އެވެ.
ކަނޑޫދޫ މިރުހުގެ 100 ގްރާމު ބައެއް ގޮޅިތަކުން 20ރ. އަށް ލިބެން ހުރިއިރު، އެހެން ގޮޅިތަކުން 100 ގްރާމު ލިބެން ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 750ރ. ގަ އެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ދެން މިރުހުގެ އަގު މާ ބޮޑުވެގެން ދާނެ ކަމަކަށް ނުބެލެވެއެވެ.
ތަރުކާރީގެ އަގު މިއަދު ވެސް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ. އަދި މަހުގެ ބާވަތްތަކުގެ އަގު ވެސް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ.
މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ފަރުމަސްވެސް ލިބެންވެސް އެބަހުއްޓެވެ. ހުކުރު ދުވަސް ވުމުން ނިސްބަތުން މަދެވެ.