ads
މިފްކޯގެ ސީއީއޯ ސަމާއު
ޝަމާހު މިއަދު ކޮމިޓީއަށް ހާޒިރުކުރަނީ
މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު، ސަސްޕެންޑް ކުރި މައްސަލާގައި އޭނާ މިއަދު މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ޝަމާހްގެ މައްޗަށް  ތުހުމަތުކެރެވޭ މައްސަލަތަަކެއް ބެލުމަށް ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުންތަކަށް ނަގާ މިމަހުގެ 18 ވަނަދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ. 

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ޝަމާހު ހާޒިރުކުރަން ހުށައެޅީ ދާންދޫ ދާއިރާގެ މެެންބަރު ޔައުގޫބް އަބްދުﷲއެވެ. ސަބަބެއްކަމަށް ޔައުގޫބް ވިދާޅުވީ ޝަމާއި ސަސްޕެންޑްކުރުމާއި ގުޅިގެން ތަފާތު ވާހަކަ ދެކެވޭތީކަމަށެވެ. އެގޮތުން ޝަމާހު ސަސްޕެންޑްކުރީ ކުންފުނީގެ ބައެއް ކަންކަން އިސްލާހުކުރަން އޭނާ މަސައްކަތް ކުރާތީ އެ ކަންތައް ވިޔަ ނުދިނުމަށް ކުންފުނީގެ އެތެރެއިން ބަޔަކު ރާވައިގެން ކުރާ މަސައްކަތްތަކެއްގެ ދަށުން ކަމަށް ޝަމާހު ތުހުމަތުކޮށްފައިވާކަމަށެވެ. 

ޕީސީބީން ނެރުނު ނޫސްބަޔާން ގައި ބުނެފައިވަނީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރަމުން އަންނަ ސަމާހު ރަޝީދު ސަސްޕެންޑްކުރީ އޭނާއާ  ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސާއި ގުޅުން ހުރި މައްސަލަަތަކެއް ހުށައެޅިފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކާކަމަށެވެ.  

ހަރަދުތަކަށް ނުބަލާ، ޒާތީ މަސްލަހަތު އިސްކޮށް މުވައްޒަފުންނަށް ބިރު ދައްކަމުން މިފްކޯ ހިންގާ ކަމަށް ތުހުމަތު ސަމާހު މައްޗަށް ވަނީ އުފުލިފައެވެ. އަދި އެކަން އެގޮތަށް ކުރާނަމަ އެކަން ހުއްޓާލުމަށް މީގެ ކުރިން ޕީސީބީން ވަނީ އަންގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް