ads
ރޯދަ ވިއްލުމުގެ ތެރެއިން
އުރީދޫގެ އިސްރަށްވެހިންގެ ރޯދަ ވީއްލުން މިފަހަރު އައްޑޫގައި
އިސްރަށްވެހިންނަށް ހާއްސަކޮށްގެން އުރޫދީން މި ރޯދަ މަހު ބޭއްވި ފުރަތަމަ ރޯދަ ވީއްލުން އައްޑޫގައި ބާއްވައިފި އެވެ.

މިއީ އެ ކުންފުނިން މި ރޯދަ މަހު އިފުތިތާހު ކުރި ސީއެސްއާރު ކެމްޕެއިން "އިސްރަށްވެހިންނާ އެކު" ގެ ދަށުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުމެވެ. އުރީދޫއިން ބުނީ މި ރޯދަ ވީއްލުމުގެ މަގުސަދަކީ އިސްރަށްވެހިންނާއި، ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

އައްޑޫގައި ބޭއްވި ރީދަ ވީއްލުމުގައި އެކިއެކި އޮފީސްތަކުގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވި އެވެ. އަދި ބައިވެރިންނަށް ހަދިޔާ ވެސް ދީފައިވެ އެވެ.

އުރީދޫން ބުނީ މި ސިލްސިލާގެ ދަށުން ރާއްޖޭގެ އިތުރު ރަށްތަކުގައި ވެސް ރޯދަ ވިއްލުން ބާއްވާނެ ކަމަށް ބުންޏެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުވުން ކަމަށް ވެސް ކުންފުނިން ބުންޏެވެ.

އުރީދޫން އަންނަނީ ކޮންމެ ހުކުރު ދުވަހަކު މާލޭގެ ސަލްމާން މިސްކިތުިގައި ވެސް ކޮމިއުނިޓީ ރޯދަ ވީއްލުން ބާއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް