ads
ދަރުމަވަންތަ މިސްކިތުގެ ފަންކާ ވަގަށް ނަގާފައި. ފޮޓޯ: ކައުންސިލް
ދަރުމަވަންތައް މިސްކިތުގެ ފަންކާތައް ވަގަށް ނަގައިފި
މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ މިސްކިތުގެ ފަންކާތައް ވަގަށް ނަގައިފިއެވެ.

މާލޭގެ މިސްކިތްތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ބުނީ ދަރުމަވަންތަ މިސްކިތުގައި ހުރި 2 ފަންކާ ވަގަށް ނަގައިގެން ގެންގޮސްފައިވާކަމަށެވެ. 

ފާރުގައި ހަރުކޮށްފައި ހުރި މި ދެ ފަންކާ ވަގަށް ނަގާފައިވަނީ ރޭގެ ވަގުތެއްގައިކަމަށްވެސް ކައުންސިލުން ބުނެއެވެ. މި މައްސަލަ ދިވެހި ފުލުހުންނަށް ހުށައަޅާ ބަލަމުން އަންނަކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މިމަހުގެ 18 ވަނަދުވަހު ވަނީ މާލޭގެ 2 މިސްކިތެއްގައި އަންހެނުން ނަމާދުކުރާ ބަޔަށްވެސް ގެއްލުން ދިން މައްސަލައެއް ފެންމަތިވެފައެވެ. ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާަނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ބަޔަކު ވަނީ ހަލާކު ކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް