ads
ވެމްކޯގެ މުވައްޒިފުން
ވެމްކޯގެ ހިދުމަތް ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީއަށް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ ހިދުމަތް ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ވެމްކޯގެ ހިދުމަތް ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީއަށް ފުޅާކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ވެމްކޯއިން މިހާރު ވަނީ ފަށާފަ އެވެ. ކުޅުދުއްފުށީގައި ހިދުމަތަށް ރަޖިސްޓްރީވުމަށް އޭޕްރިލް މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި ތިނަދޫގައި ހިދުމަތް ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ އޭޕްރިލް 20ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެމްކޯގެ ސީނިއަރ ޕަބްލިކް ރިލޭޝަން އޮފިސަރ މީކާއިލް އަހުމަދު ވިދާޅުވީ، ދެ ސިޓީގައިވެސް ހިދުމަތަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވެމްކޯގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ. 

އެގޮތުން ޑޯޓުޑޯ ހިންގާ ރަޖިސްޓްރީވުމަށް އެހީވުމާއި ކުނިއުކާލުމުގެ ހިދުމަތަށް ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މި ޓީމްތަކުން ކުރަމުންދާކަމަށެވެ.

މީކާއީލް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ހިދުމަތް ދޭނީ، އެ ސިޓީ ދެ ޒޯނަކަށް ބަހާލާ ކުނި ނެގުމަށް ދެ ވެހިކަލް ބޭނުންކޮށްގެންކަމަށެވެ. 

ކުޅުދުއްފުށީގައި މިހާރު އޮތް ކުނި ގޮނޑު ނަގާ އެ ރަށުގައި ޒަމާނީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް ވެމްކޯއިން ކުރުމަށް ވަނީ ނިންމާފަ އެވެ.

ހިދުމަތް ދޭނީ ކުޅުދުއްފުށީ ޓްރާންސްފަރ ސްޓޭޝަނެއްގެ ގޮތުގައި ބޭނުންކޮށް، ހދ.ކުނބުރުދޫއަށް ކުނި ޓްރާންސްފަރކޮށް ކުނި މެނޭޖްކުރާގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް