ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް
އިގިރޭސިވިލާތުގައި ޝޯއެއް ބާއްވާ ފުރަތަމަ އިންޑިއާގެ ފަންނާނުގެ ގޮތުގައި އަރްޖިތު
ލަންޑަންގައި ބޮޑު ޝޯއެއް ބާއްވާ ފުރަތަމަ އިންޑިއާގެ ފަންނާނުގެ ގޮތުގައި ވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް، ތައްޔާރުވެއްޖެ އެވެ.
Advertisement

މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި އެވެ.

މި ޝޯ އަކީ އޭނާގެ ކެރިއަރަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށާއި އިންޑިއާގެ މިއުޒިކަށް ދުނިޔޭގައި ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމުގައިވާނެ ކަމަށް އަރްޖިތް ބުނެ އެވެ. "ވޮއިސް އޮފް ސޯލް" ގެ ނަމުން މަޝްހޫރުވެފައިވާ އަރްޖިތް ސިންގް މިހާރު ކޮންމެ ކޮންސަޓަކަށް 14 ކްރޯޑް އިންޑިއާ ރުފިޔާ ނަގާކަމަށް މައުލޫމާތު ލިބެ އެވެ.

ފަސް އަހަރުވަންދެން ބޮލީވުޑްގެ އެންމެ ގިނައިން ސްޓްރީމްކުރެވުނު ލަވަކިޔުންތެރިޔާގެ މަގާމް އޭނާ ހޯދާފައިވާއިރު، ސްޕޮޓިފައިގައި ޓޭލާ ސްވިފްޓް އަދި އެޑް ޝީރަން ފަދަ ބައިނަލްއަގުވާމީ ފަންނާނުންނަށް ވުރެ ގިނަ ފޮލޯވަރުން ވަނީ އަރްޖިތަށް ލިބިފަ އެވެ. އޭނާގެ އަޑުގެ ފުންކަމާއި، ވަކާލް ރޭންޖުގެ ތަފާތުކަމުގެ ސަބަބުން މިލިއަން ބައިވަރު މީހުންގެ ހިތް އޭނާ ވަނީ ފަތަހަ ކޮށްފަ އެވެ.

މި އަހަރު، އަރްޖިތް ވަނީ ބައިނަލްއަގުވާމީ ފަންނާނުންނާ ގުޅިގެންވެސް މަސައްކަތް ފުޅާކޮށްފައި އެވެ. ޑަޗް ޑީޖޭ މާޓިން ގަރިކްސްއާއެކު އޭނާ އުފެއްދި ދެބަސްބަހުން ހިމެނޭ "ވެއިޓްލެސް" (Weightless) އީޑީއެމް ސިންގަލް، ދުވަސްކޮޅެއްގެ ތެރޭގައި މިލިއަނުން ބެލުންތެރިން ވަނީ ހޯދާފަ އެވެ. މީގެ އިތުރުން، އެޑް ޝީރަންގެ މަޝްހޫރު ލަވަ "ސަފަޔާ"(Sapphire) އަށްވެސް އަރްޖިތް ވަނީ އަޑުއަޅާފަ އެވެ. ބޮލީވުޑްގައި އޭނާގެ މަގްބޫލުކަން ދެމެހެއްޓުމަށް، "މެޓްރޯ... އިން ޑިނޯ" ފިލްމުގެ "އޯރް މޮހައްބަތް ކިތުނީ ކަރޫން" (Aur Mohabbat Kitni Karoon) ފަދަ ލަވަތަކުން އޭނާ ދަނީ ބޮލީވުޑްގެ ޗާޓުތަކުގައި ވެސް އެންމެ ކުރީގައި ހަރަކާތްތެރިވަމުންނެވެ.

your imageއިންޑިއާގެ ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް

"ޕަދްމާ ޝްރީ" އެވޯޑްވެސް ހާސިލުކޮށްފައިވާ އަރްޖިތް ސިންގް، ކުރިއަށް އޮތް ތާރީހީ ކޮންސަޓާއެކު، ބޮލީވުޑްގެ އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭއިރު، ދުނިޔޭގެ މިއުޒިކްގެ ދުނިޔޭގައިވެސް އިންޑިއާގެ އަޑު މިހާރަށް ވުރެ ބާރަށް އިވޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ބޮލީވުޑްގެ ލަވަތަކަށް ލޯބިކުރާ ގިނަ ފަރާތްތަކުން މިހާރުވެސް ތިބީ އެ ހަފްލާއަށް ދާން ކެތް މަދުވެފަ އެވެ. އަރްޖީތްގެ ލަވަތަކުގެ ތެރެއިން މިހާރު އެންމެ މަޝްހޫރު ލަވަތަކަކީ "ތުމް ހި ހޯ" އަދި "އޭ ދިލް ހެ މުޝްކިލް"އެވެ. އަދި މިނޫނަސް އަރްޖިތްގެ ކޮންމެ ލަވައަކީ ހިތްތަކާ ކުޅެލާ އަދި ގިނަ ބަޔަކު އަޑު އަހާ ލަވަތަކެކެވެ. އަދި އޭނާގެ ލަވަތަކަކީ ވަރަށް މަޝްހޫރު، ވިއުސް ގިނަ ލަވަތަކެކެވެ.

                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް