ads
މެންބަރު އިމްތިޔާޒް ފަހުމީ- ރައްޔިތުންގެ މަޖިލިސް
ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ހޯދައިދިނުމަށް އެދިއްޖެ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ތަފްސީލްތަކެއް ހުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެން އެ މައުލޫމާތު ހޯދުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.

6 މޭ 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އައިއީޑީ ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.

އެމަނިކުފާނަށް ހަމަލާ ދީފައި ވަނީ ވަރަށް ބޮޑަށް ފާރަލައި އޭގެ ކުރިން ދެ ފަހަރަކު އައިއީޑީ ގޮއްވާލަން މަސައްކަތް ވެސް ކުރުމަށްފަހު އެވެ. އެކަމުގެ ފަހަތުގައި ތިބީ ހަރުކަށިފިކުރުގެ މީހުން ކަމަށް ބުނެ 10 މީހަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

މި މައްސަލައިގައި ރައީސް ނަޝީދަށް އިންސާފު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރެއްވީ މިއަދު މަޖިލީހަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރުމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. އޭނާ ވިދާޅުވެފައި ވަނީ މި ހާސިދާ ނުވާ ކަމެއްގެ ގޮތުގައި މިހާރު ހަދާފައިވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޣައްސާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި މިހާރު ފެނިފައިހުރި ކަންތައްތަކުގައި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެ އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައުލޫމާތު ހިއްސާ ކުރެވޭނީ މަޖިލީހުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވުމުން ކަމަށް ވިދާޅުވިއެވެ.

ޣައްސާން އެހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް، އިމްތިޔާޒް ފޮނުއްވި ސިޓީއެއްގައި ވަނީ އެ މައުލޫމާތު މަޖިލީހުން ހޯދައިދެއްވައި އެ މައުލޫމާތުތަކުގެ އަލީގައި ކަމާ ގުޅޭ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއިން އިންކުއަރީއެއް ވަނީ ހަދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް