ads
މަރުކަޒު އިސް އިމާމްގެ ދެ ދަރިކަލުންކަމަށްވާ ސުލްތާނާއި ސަލްމާން
މަރުކަޒުގައި ތަރާވީސްކުރުން އިސް އިމާމް ލަތީފުގެ ބޭފުޅުންނަށް
މިރެއިން ފެށިގެން މަރުކަޒުގައި އިމާމުވެ ތާރާވީސް ނަމާދުކުރާނީ މިނިސްޓްރީގައި އިސްކޮށް ހުންނެވި ޝައިހް މުހައްމަދު ލަތީފްގެ ދެ ބޭފުޅުންކަމަށް އިސްލާމީ ކަންތައްތަކައި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިސްލާމީ މަރުކަޒުގެ އިސްމާމެއްގެ ގޮތުގައި ޝައިހް މުހައްމަދު ލަތީފް ހުންނެވި ވަޒީރުން ފެންވަރުގައެވެ. ސަރުކާރު ބަދަލުވުމަށްފަހު މަރުކަޒުގައި ގިނައިން އިމާވެ ނަމާދުކުރައްވަނީ ލަތީފްގެ ބޭފުޅުންނެވެ. އަދި ހުކުރުވެސް ކުރައްވައެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު  އަލީ ސައީދު ވިދާޅުވީ މިރެއިން ފެށިގެން ރޯދަ މަސް ނިމެންދެން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވާނީ ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު ސުލްތާން މުހައްމަދު ލަތީފުކަމަށެވެ. 

މަރުކަޒުގައި މި އަހަރު ރޯދަމަހު ތަރާވީސް މިހާތަނަށް ކުރައްވަމުން ގެންދެވީ ސައިހް އަލް ހާފިޒު އިބްރާހިމް ރަޝީދާއި ހާފިޒު ސަލްމާން މުހައްމަދު ލަތީފްއެވެ. 

ކީރިތި ގުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް 2016 ވަނަ އަހަރު ސުލްތާން މުހައްމަދު ލަތީފަށް ވަނީ ލިބިވަޑައިގެންފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް