ads
ކަސްޓަމްސްގެ ޑެޕިއުޓީއަކަށް އައްޔަންކުރީ މަފާޒް (ކަނާތުގައި) ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓްމްސް ޔޫސުފް މާނިއުއާއި އެއްކޮށް
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް، ޑެޕިއުޓީންގެ އަދަދު 3ކަށް
މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އިބްރާހިމް މަފާޒު އައްޔަންކޮށްފިއެވެ.

މަފާޒު  މި މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުއެވެ. މިހާތަނަށް މަފާޒު ހުންނެވީ ކަސްޓްމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިޓެންޑް، އެޑްމިނިސްޓްރޭޝަން އެންޑް ލޮޖިސްޓިކް ޑިވިޝަންގެ ހެޑްގެ ގޮތުގައެވެ.

your imageރައްޔިތުން މަޖިލީހަށް ޕީޢެންސީން ނުކުންނަ ކެންޑިޑޭޓާއި އެކު މަފާޒް މަޑުކޮށްލައިގެން 

މަފާޒު މިމަގާމަށް އައްޔަންކުރުމުން ކަސްޓަމްސްގެ ޑެޕިއުޓީންގެ ގޮތުގައި ތިއްބެވި ބޭފުޅުން އަދަދު 3 އެރީއެވެ.

ކަސްޓަމްގެ މަގާމުގެ އޮނިގަނޑު ހަމެޖެހިފައިވާ ގޮތުން ކަޮމިޝަނަރާއި ޑެޕިއުޓީ ކޮމޮޝަނަރުންނަކީ ރައީސް އައްޔަންކުރައްވާ މަގާމުތަކެވެ.  

އެންމެ ފަހުން ކަސްޓަމްސްގެ ޑެޕިއުޓީއަކަށް އައްޔަންކުރީ ފާތިމަތު ދިޔާނާއެވެ. އެނާ ވަނީ 23 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓްމަސްގައި ހިދުމަތް ކޮށްފައެވެ. ދިޔާނާ އެ މަގާމަށް އައްޔަންކުރުމުން އެއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު ތާރީހުގައި މީ އެ އިދާރާގެ އިސް މަގާމަކަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. 

ދިޔާގެ އިތުރުން ދެން ކަސްޓްްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކޮށްފައިވަނީ މަހްމޫދު ރިޔާޒުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް