ads
ގެއްލިގެން ހޯދަމުންދާ އަކްރަމް އަދީލް ސައީދު - ފޮޓޯ: ފުލުހުން
ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ
‏މާލެ ސަރަހައްދުން 25 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ފުލުހުން އެ މީހާ ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަމުން ދަނީ މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު ކަމަށެވެ. އަދި އާއިލާއަށް ހަބަރެއްނުވެ އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު 19:22 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ. 

އަކްރަމް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.

އެހެންކަމުން އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް